Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ މަލީހު

މަލީހު ބޮންޑޭއަށް: "ވާނުވާ ނޭނގޭ ނަމަ" އިސްތިއުފާ ދޭންޖެހޭނީ ބޮންޑޭ

ސަރުކާރުގެ ސްޓެރީޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ވާކަންކަން ތުނޑުން ތުނޑަށް ކުރިޔަށް އެބަދޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 20 އޮކްޓޯބަރު 2020 | އަންގާރަ 19:24
ކޮމިއުނިކޭޝަންސް މިނިސްޓަރ، މަލީހު (ވ) އަދި  މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) (ކ)

ކޮމިއުނިކޭޝަންސް މިނިސްޓަރ، މަލީހު (ވ) އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) (ކ)

ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ސިޓީއަކަށް ޖަވާބު ނުދީ ނޯންނާނެ ކަމަށާއި ވާނުވާ ނޭނގޭ ނަމަ އިސްތިއުފާ ދެއްވަން ޖެހޭނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ބޮންޑޭ ކޮމިއުނިކޭޝަންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅަން ޖެހޭ މައުލޫމާތުތަކެއް ހުށަނާޅާ ކަމަށް ވިދާޅުވެ، މަޖިލީހުން އެ މައުލޫމާތު ހޯދަނީ ރައްޔިތުންގެ އެދުމަކަށް ކަމަށާއި އެކަން ނުވާނަމަ އިސްތިއުފާ ދެއްވައި ވަގުތުން ވަގުތަށް ގެއަށް ވަޑައިގެންނެވުމަށް ގޮވާލެއްވުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ބޮންޑޭގެ ވާހަކައަށް ރައްދު ދެއްވައި މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ކަންކަން މިނިސްޓްރީއިން ފުރިހަމައަށް ކަނޑައެޅިފައި އޮންނަ ތާރީހުގައި ނިންމަވަމުން ދާކަމަށާއި އެސްއޭޕީގެ ތަފްސީލް މެމްބަރަށް އެނގިވަޑައި ނުގެންނެވުމުގެ ޒިންމާ މިނިސްޓްރީއިން ނަގަން ނުޖެހޭނެ ކަމަށެވެ.

މިނިސްޓްރީއަށް އިންޓަނެޓުގެ އަގު ބޮޑުވުމާއި ގުޅިގެން އެކަން ހައްލު ނުކުރެވޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ އިރު، މިނިސްޓަރ މަލީހު ވަނީ، ރާއްޖޭގެ ކޮމިއުނިކޭޝަން ދާއިރާ ހަރުދަނާ ކޮށް އިންޓަރނެޓްގެ ހިދުމަތް ލިބުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނީ އެއީ އަސާސީ ހިދުމަތަކަށް ހަދައިގެން ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ކަނޑައަޅާފައި އޮތް ތާރީޙުގެ ކުރިން އެކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބޭނުންވާ ކަމުގައިވާނަމަ އިންޓަރނެޓަކީ އަސާސީ ހިދުމަތެއް ކަމަށް ކަނޑައަޅުއްވައި ދެއްވި ދާނެ ކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އިންޓަރނެޓްގެ އަގު ހެޔޮ ކުރަން ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ. އިންޓަރނެޓް އަގު ހެޔޮ ނުކުރާ މައްސަލައިގައި ސަރުކާރަށާއި، މަލީހުގެ އިތުރުން ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނިތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު