Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުކޭސީ މުއާހަދާގައި ރާއްޖެއިން ބައިވެރިވުން

ކަސްޓަމްސްގެ ހިދުމަތްތަކާ ގުޅޭ މުއާހަދާ، އާރުކޭސީގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

20 އޮކްޓޯބަރު 2020 | އަންގާރަ 13:39

ދިވެހިރާއްޖެއަކީ މި ކޮންވެންޝަންގެ 124 ވަނަ ކޮންޓްރެކްޓިންގ ޕާޓީ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 އޮކްޓޯބަރު 2020 | އަންގާރަ 13:39
މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ދުނިޔޭގެ އެކި ގައުމުތަކުގެ ކަސްޓަމްސްގެ އިޖުރާއާތުތައް ފަސޭހަކޮށް އެއްގޮތްކުރުމާއިގުޅޭ މުއާހަދާ، އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖަރސް ނުވަތަ ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ބެލްޖިއަމްގެ ބްރެސަލްސްގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމުޢިއްޔާ (ޑަބްލިއުސީއޯ) ގެ މައި އިދާރާގައި ހޯމަ ދުވަހު އޮތް ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ ފަރާތުން ކޮންވެންޝަންގައި ބައިވެރިވުމުގެ ލިޔުން ޑަބްލިއުސީއޯގެ ސެކްރެޓްރީ ޖެނެރަލް މރ. ކުނިއޯ މިކްރިއާގެ އަތްޕުޅަށް އެރުވީ ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރެވެ.

Advertisement - newsAdvertisement

އާރުކޭސީއަކީ ކަސްޓަމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑަރޑްތައް ބަޔާންކުރާ ދުނިޔޭގެ ކަސްޓަމްސް ޖަމުޢިއްޔާ (ޑަބްލިއުސީއޯ) ގެ މުޢާހަދާއެވެ. އާރުކޭސީގެ މަޤްޞަދަކީ، ދޭދޭ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރެވޭނެ ގޮތުގެމަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމެވެ.

ޑަބްލިއުސީއޯއިން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ ވިޔަފާރީގެ %70 ހިނގަނީ އާރުކޭސީ ކޮންޓްރެކްޓިންގ ޤައުމުތަކުގެ މެދުގައެވެ. ދިވެހިރާއްޖެއަކީ މި ކޮންވެންޝަންގެ 124 ވަނަ ކޮންޓްރެކްޓިންގ ޕާޓީއެވެ. އާރުކޭސީގައި ބައިވެރިވުމުން އެ ޤައުމަކީ ބައިނަލްއަޤްވާމީ ކަސްޓަމްސް ސްޓޭންޑަރޑްތައް ބޭނުންކުރާ ޤައުމެއްގެ ގޮތުގައި ބަލައިގަނެއެވެ.

މި މުއާހަދާއަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ނަގާކިޔޭ މިންގަނޑެއް ކަމުގައިވާއިރު، މި މުޢާހަދާގައި ސޮއިކުރުމުގެ ސަބަބުން، ރާއްޖޭގެ ކަސްޓަމްސްގެ އުޞޫލުތައްވެސް ބިނާވެފައިވާނީ، އެހެން ޤައުމުތަކުގައިވެސް ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށްކަމަށް ވެގެންދާނެއެވެ.

އާރުކޭސީގެ މިންގަނޑުތަކުގެ ތެރޭގައި، އައި.ޓީ ނިޒާމްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމާއި، ރިސްކް މެނޭޖްމެންޓް ޤާއިމްކުރުމާއި، ޕްރީ-އެރައިވަލް އިންފޮމޭޝަން ފަދަ ނިޒާމްތަކުން ކަސްޓަމުން މުދާ ކްލިއަރ ކުރުމުގެ ވަގުތު ކުޑަވެގެން ދާނެއެވެ. އަވަހަށް މުދާ ކްލިއަރ ކުރެވުމަކީ ކަސްޓަމްސްއަށާއި ވިޔަފާރިވެރިންނަށް އިންތިހާއަށް ފައިދާވާނެ ކަމެކެވެ.

އާރުކޭސީގައި ބައިވެރިވުމަށް ނިންމާފައިވާ ޑަބްލިއުސީއޯގެ މެމްބަރުންނަށް، އެ ޤައުމެއްގެ ޤާބިލްކަން އިތުރުކުރުމަށް ޑަބްލިއުސީއޯއާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކުންނާއި އެހީތެރިވެދޭ އެހެން ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މިގޮތުން ވަޞީލަތްތައް ޤާއިމުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި އަދި ފަންނީ ގޮތުން ލިބޭ އެހީތެރިކަން އިތުރުވެގެންދާނެއެވެ.

އާރުކޭސީގެ ސްޓޭންޑަރޑެއް ކަމަށްވާ ކަސްޓަމްސް-ބިޒްނަސް ޕާޓްނަރޝިޕް، ޓްރާންސްޕެރަންސީ، އެޕީލް ޕްރޮސީޖަރގެ ސަބަބުން، ދިވެހިރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވި، ވާދަވެރި އިޤްތިސާދަކަށް ވެގެންދާނެއެވެ.

ވާލްޑް ބޭންކްއިން ހަދާފައިވާ ސަރވޭތަކުން ދައްކާގޮތުގައި، ޤައުމެއްގައި އިންވެސްޓް ކުރުމުގެ ކުރިން އިންވެސްޓަރުން ރިއާޔަތްކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން އެއްކަމަކީ، އެ ޤައުމެއްގައި ހަރުދަނާ އަދި ފަސޭހަ ބޯޑަރުގެ އުސޫލުތަކެއް ވޭތޯ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްގެ އުޞޫލުތަކާއި މިންގަނޑުތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް އެކަށައެޅިފައިވާ އުޞޫލްތަކަށްވާނަމަ އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިތުރު އިންވެސްޓްމެންޓްތައް އައުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ދެފުއް ފެންނަ، ފަސޭހައިން ދޭހަވާ ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން، މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފެހެއްޓި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެއެވެ. ހަމަ އެފަދައިން، ކަސްޓަމްސްގެ ތަންފީޒީ މަސައްކަތްތައް މިކަމުގެ ސަބަބުން ހަރުދަނާވެ، ދޮރޯށި ބެލެހެއްޓުމާއި ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް