Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީގެ ކުޅުން ރަނގަޅުކުރުން

މެސީގެ ކުޅުން އަދި ރަނގަޅު ކުރެވިދާނެ: ކޫމަން

20 އޮކްޓޯބަރު 2020 | އަންގާރަ 10:50

މެސީއަށް މި ސީޒަނުގައި މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޮކްޓޯބަރު 2020 | އަންގާރަ 10:50
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކުޅުން އަދި އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

މި ނިމުނު ޓްރާންސްފާ ބާޒާރުގައި މެސީ ބާސާ ދޫކޮށްލަން ނިންމި ނަމަވެސް، އޭނާ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ. އަދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ކުރި މަސައްކަތުގެ ތެރޭގައި ގޯހެއް ހެދިފައިވާނަމަ އެކަމަކަށް ކުލަބު އެންމެންގެ ކިބައިން މާފަށް އެދި، ބާސާއާއެކު ސުލްޙަވެފައެވެ.

މި ސީޒަނުގައި މިހާތަނަށް ބާސާއިން ސްޕެނިޝް ލީގުގައި ހަތަރު މެޗު ކުޅެފައިވާއިރު، މެސީއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. އެ ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީއަކުންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފެރެންސްވަރޯސްއާ ދެކޮޅަށް ބާސާ ކުޅޭ މެޗުގެ ކުރިން ކޫމަން ބުނީ މެސީއާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، އެކަމަކު މި ދަނޑިވަޅުގައި މެސީގެ ކުޅުން އަދި އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށެވެ. އަދި މެސީ ކުލަބުގައި ހުރީ އުފަލުން ކަމަށާއި، ކެޕްޓަނެއްގެ ދައުރު އޭނާ އެންމެ ފުރިހަމައަށް އަދާކުރަމުން އަންނަ ކަމަށްވެސް ކޫމަން ވަނީ ބުނެފައެވެ.

ކޫމަން އިތުރަށް ބުނީ ބާސާއަށް ދިމާވެފައިވާ އުނދަގޫ ހާލަތާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމަކީ ފޭވަރިޓުންނެއް ނޫން ކަމަށާއި، އެކަމަކު މުބާރާތުގައި ދެވެން އޮތް އެންމެ ދުރަކަށްދާން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ފެރެންސްވަރޯސްއާ ދެކޮޅަށް ނުކުންނައިރު، މި މެޗު އެއްވެސް ހާލަތެއްގައި ފަސޭހަކޮށް ނުނަގާނެ ކަމަށްވެސް ކޫމަން ބުންޏެވެ.

ބާސާގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ފެރެންސްވަރޯސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12:00 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް