Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑުގެ ކެޕްޓަނަކަށް ފެނާންޑޭސް

މެގުއާއަށް އަނިޔާވުމުން ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް ފެނާންޑޭސްއަށް

ފެނާންޑޭސްއަށް ކެޕްޓަން ބޭންޑް ދިނީ ހެރީ މެގުއާއަށް އަނިޔާވުމާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޮކްޓޯބަރު 2020 | އަންގާރަ 10:17
ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އާއި ބްރޫނޯ ފެނާންޑޭސް

ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އާއި ބްރޫނޯ ފެނާންޑޭސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޕީއެސްޖީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅަން ބްރޫނޯ ފެނާންޑޭސް ހަމަޖައްސައިފިއެވެ.

މިއީ މި އަހަރު ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު އުމުރުން 26 އަހަރުގެ ފެނާންޑޭސް ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅާނެ ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޕީއެސްޖީ މެޗުގެ ކުރިން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ފެނާންޑޭސްއަށް ކެޕްޓަން ބޭންޑް ދިނީ އެއީ މި ވަގުތަށް ޓީމަށް އެންމެ ރަނގަޅު ނިންމުން ކަމަށްވާތީ ކަމަށާއި، ކެޕްޓަނެއްގެ ދައުރު އަދާކުރެވޭނެ ފެންވަރު ފެނާންޑޭސްގެ ކިބައިގައި އެބަހުރި ކަމަށެވެ.

ފެނާންޑޭސް ބުނީ ޔުނައިޓެޑުގެ ކެޕްޓަންކަން ކުރުމަކީ ލިބޭ ޝަރަފެއް ކަމަށާއި ބޭނުންވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް މިސާލެއް ދައްކައި ސަޕޯޓަރުން ބޭނުންވާ ފަދަ ހިސާބަކަށް ކުލަބު ގެންދިއުމަށް ކަމަށެވެ.

ޕީއެސްޖީ މެޗުގައި ކެޕްޓަން ބޭންޑް އަޅަން ފެނާންޑޭސްއާ ހަވާލުކުރީ އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ މެގުއާ ޓީމާއެކު ދަތުރުކޮށްފައި ނުވާތީއެވެ. މެގުއާގެ އިތުރުން މި މެޗަށް ފްރާންސަށް ދިޔަ ސްކޮޑާއެކު ޔުނައިޓެޑުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އަދި ދާދި ފަހުން ޔުނައިޓެޑާ ގުޅުނު ޕީއެސްޖީގެ ކުރީގެ ފޯވާޑް އެޑިންސަން ކަވާނީވެސް ދަތުރުކޮށްފައެއް ނުވެއެވެ.

މެޗުގެ ކުރިން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މެޗުން ޕީއެސްޖީއަށް މޮޅުވެވޭނީ ޔުނައިޓެޑުގެ ކައުންޓާ އެޓޭކުތައް ހުއްޓުވައިގެން ކަމަށެވެ. އަދި ޕީއެސްޖީން ވަރަށް ބޮޑަށް ޔުނައިޓެޑުގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން އުފައްދާ ނުރައްކާތެރި ހަމަލާތަކަށް ސަމާލުވާން ޖެހޭނެ ކަމަށްވެސް ޓުޗެލް ބުންނެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެއް ގްރޫޕެއްގައި ޔުނައިޓެޑާއި ޕީއެސްޖީ ހިމެނޭއިރު، މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ވަނީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން ޕީއެސްޖީ ކަޓުވާލާފައެވެ.

ޕީއެސްޖީގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12:00 ގައެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު