Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްސެވަންގެ ދިވެހިވަންތަ ކަލަންޑަރު

އެމް ސެވަން އިން 2021 ވަނަ އަހަރުގެ ދިވެހިވަންތަ ކަލަންޑަރެއް ނެރެފި

އެމް7 ގެ ކަލަންޑަރުގެ އަގަކީ 28 ރުފިޔާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2020 | ހޯމަ 08:13
އެމްސެވަން އިން ނެރެފައިވާ ކަލަންޑަރު

އެމްސެވަން އިން ނެރެފައިވާ ކަލަންޑަރު

އެމް ސެވަން ޕްރިންޓުން 2021 ވަނަ އަހަރަށް ދިވެހިވަންތަ ކަލަންޑަރެއް ނެރެފިއެވެ.

ދިވެހި ތަރިކަ އާއި ފަންނުވެރިކަން ފުރިހަމައަށް ދައްކުވައިދީފައިވާ މި ކަލަންޑަރުގައި އަލަށް ތައާރަފު ކުރާ 12 ވައްތަރެއްގެ ދިވެހި ފޮންޓު ވެސް ހިމެނެ އެވެ.

Advertisement - newsAdvertisement

އެމް ސެވަން ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ ކަލަންޑަރު ފަރުމާ ކޮށްފައިވަނީ ތަރިކައަށް ވެސް އަހައްމިއްޔަތުކަން ދިނުމުގެ ގޮތުން ކަމަށެވެ.

ފާރުގައި އަޅުވާ މި ކަލަންޑަރު ފަރުމާ ކޮށްފައިވަނީ ދިވެހި ބަހުން ލިޔެފައިވާ ޙިކުމަތުގެ ބަހާއި، ނަމާދު ވަގުތާއި މީލާދީ އަދި ޙިޖުރީ ތާރީޚާއި ނަކަތާއި ސަރުކާރު ބަންދު ދުވަސްތައް އަދި މުހިންމު ތާރީޚުތައް އެނގޭ ގޮތަށެވެ. މި ކަލަންޑަރު ޑިޒައިންކޮށްފައި ވަނީ ވިޝުވަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި ކުރެހުމާއި ފަރުމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ފަރުހާދު އިބްރާހިމެވެ. ފަރުހާދު ބުނީ މި ކަލަންޑަރު ފަރުމާ ކުރުމަށް ގިނަ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ.

ކަލަންޑަރު ޑިޒައިން ކުރިއިރު، ބަހާފައިވަނީ މައިގަނޑު ތިން ބަޔަކަށް ކަމަށް ފަރުހާދު ބުންޏެއެވެ. އެއީ އިސްލާމީ މަރުކަޒުގެ އާކް އާއި ދިވެހި ލިޔެލާޖެހުމުގެ ކުރެހުންތަކަށް އަދި ހިރިގަލުގެ ކުރެހުންތައް ރަމްޒުކޮށް ދިނުމަށެވެ.

އެމް7 ގެ ކަލަންޑަރުގެ އަގަކީ އެންމެ 28 ރުފިޔާއެވެ. މި ކަލަންޑަރު އެހެން ފަރާތަކަށް ހަދިޔާ ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ލިޔެލާޖެހި ކުރެހުން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ފޮއްޓެއްގައި ބަންދު ކޮށްފައި ދޭނެ ކަމަށް އެމް7 އިން ބުނެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު