Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑާއި ސިޓީއަށް މުހިންމު މޮޅެއް

ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ ފަހު ވަގުތު ޖެހި ލަނޑުތަކާއެކު 4-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2020 | އާދީއްތަ 05:42
ނިއުކާސަލް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓޭޑް މޮޅުވީ 4-1 ން

ނިއުކާސަލް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓޭޑް މޮޅުވީ 4-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީން މުހިންމު މޮޅެއް ހޯދައިފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ޔުނައިޓެޑް ވަނީ ފަހު ވަގުތު ޖެހި ލަނޑުތަކާއެކު 4-1 ން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.

ނިއުކާސަލުގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ނިއުކާސަލުން ލީޑު ނެގީ ޔުނައިޓެޑުގެ ލޫކް ޝޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު ޖެހި ނަމަވެސް، ހުއާން މަޓާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މަޓާ ނަގައިދިން ކޯނަރަކުން ކެޕްޓަން ހެރީ މެގުއާ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޕެނަލްޓީ އަކުން ލީޑު ނަގައިދޭން ލިބުނު ފުރުސަތުގައި ފެނާންޑޭސް ޖެހި ބޯޅަ ނިއުކާސަލުގެ ގޯޅްކީޕަރު ކާލް ޑާލޯ ވަނީ މަތަކޮށްފައެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވީ ފަހު ވަގުތު ޖެހި ލަނޑުތަކާއެކުއެވެ. އެގޮތުން މެޗުގެ 86 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަަގައިދިނީ ފެނާންޑޭސްއެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އާރޮން ވަން ބިސާކާ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިންއިރު، ޔުނައިޓެޑްގެ ފަހު ލަނޑު ޖެހީ މާކަސް ރަޝްފޯޑެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ސިޓީ ވަނީ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 1-0 ން މޮޅުވެފައެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކުޅެފައި ނުވި ނަމަވެސް، ހަތަރު މަސް ދުވަހަށްފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި ފޯވާޑް ސާޖިއޯ އަގުއޭރޯ ވަނީ މި މެޗުގައި ކުޅެފައެވެ.

މެޗުގައި ސިޓީން ޖެހި ހަަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފޯވާޑް ރަހީމް ސްޓާލިންއެވެ.

މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަަމަވެސް، ލީޑު ފުޅާކުރަން ސިޓީގެ ރިޔާދު މާރޭޒާއި ފިލް ފޯޑެންއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގައި ނަތީޖާ އެއްވަރުކުރަން އާސެނަލްގެ ބުކާޔޯ ސަކާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.

މި ނަތީޖާތަކާއެކު ސިޓީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ. އަދި ޔުނައިޓެޑް އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު