Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގުމަތީ އުޅޭއިރު މާސްކު އެޅުން

މާސްކު އެޅުން އިޚުތިޔާރީ ކަމަކަށް ހަދަން ވިސްނާފައެއް ނުވޭ: ޑރ ނަޒްލާ

ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލްކުރެވިފައި އޮތްނަމަވެސް ބަލިފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2020 | ހޮނިހިރު 22:14
އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދުގައި އުޅޭ މީހުން ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތްއޮތުން އިޚުތިޔާރީ ކަމަކަށް ހެދުމަށް އަދި ވިސްނާފައި ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރު ކުރެވިގެން ދިޔައީ، މާލެ ސަރަހައްދުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދުތައް އިތުރުވާން ފެށުމާ ގުޅިގެންނެވެ. މިހާރު ކޭސްތައް ރިޕޯޓް ކުރެވޭ އަދަދުތައް ކޮންމެވެސް ވަރަކަށް ދަށަށް ދާން ފަށާފައިވާ އިރު، މާސްކު އެޅުން އިޙުތިޔާރީ ކަމަކަށް ހަދަން އުޅޭ ކަމަށް އަޑު ފެތުރުނެވެ.

މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތްއޮތުން އިޚުތިޔާރީ ކަމަކަށް އެއްވެސް ހިސާބަކުން ހަދާފާނެތޯ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެޓީވީ" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށަށްދިޔަ ނަމަވެސް އަދިވެސް އެބަލި އުޅޭކަމަށެވެ. އަދި ރާއްޖެއަށް އަންނަން ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ، އެހެންކަމުން އަދިވެސް ބަލިފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ގެންގުޅުން ފަދަ ކަންކަމަކީ ހިފަހައްޓަންޖެހޭ އާދަތަކެއް ކަމެއްކަމަށެވެ.

މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް ވަކި ފަރާތްތަކެއް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުން އިސްތިސްނާ ވާނެ ކަމަށް މާސްކު އެޅުމާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރެފައިވާ އުސޫލުގައި ބުނެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ:

- އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިން

- ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު

- އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން

- އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ މީހުން

މާސްކު ނާޅާ ބޭރުތެރޭގައި އުޅޭނަމަ 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މާލެ ސަރަހައްދުގައި ބޭރުގައި އުޅޭ މީހުން މާސްކު އަޅަން މަޖުބޫރު ކޮށްފައިވާ އިރު ރަށްރަށުގައި ވެސް ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އެރަށެއްގައި އުޅޭ މީހުން ބޭރުތެރޭގައި އުޅޭއިރު މާސްކު އަޅަން ޖެހޭނެއެވެ. އަދި މިހާރު ގެސްޓް ހައުސްތައް ހުޅުވާލުމުގެ ހުއްދަ ދީފައިވާއިރު ގެސްޓް ހައުސް ހުޅުވާ ރަށެއްގައި ވެސް ދިރިއުޅޭ އެންމެން މާސްކު އެޅުމަށް ވަނީ މަޖުބޫރު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު