Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަން ފޯ މޯލްޑިވްސް

ރަން ފޯ މޯލްޑިވްސް: އިތުރު ކެޓެގަރީތަކުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލަނީ

މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު މި ދުވުން ވަނީ ފަށާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2020 | ހޮނިހިރު 17:49
ރަން ފޯ މޯލްޑިވްސްގައި ބައިވެރިވި ބައެއް ދުވުންތެރިން

ރަން ފޯ މޯލްޑިވްސްގައި ބައިވެރިވި ބައެއް ދުވުންތެރިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ވާޗުވަލް ދުވުން ކަމަށްވާ "ރަން ފޯ މޯލްޑިވްސް" ގެ އިތުރު ކެޓެގަރީތަކުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މި ދުވުން އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓިންނުން ނިންމައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު މި ދުވުން ފަށާފައިވާއިރު، ދުވުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. އުމުރުން ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ހަތަރު ކެޓަގަރީއެއް މީގެ ކުރިން ވަނީ އެކުލަވާލާފައެވެ. އެ ކެޓަގަރީތަކަކީ 5.5 ކިލޯމީޓަރާއި، 15 ކިލޯމީޓަރާއި، 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. މީގެ ތެރެއިން 870 ކިލޯމީޓަރަކީ ފަސް މެންބަރުންގެ ޓީމުތަކަށް ހުޅުވާލާފައިވާ ޗެލެންޖެކެވެ. އެކަމަކު އެކަޓަގަރީތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހަށް ވަނީ ބަންދުވެފައެވެ.

"ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ޔުނިކްސް ސްޕޯޓިންގެ މެނޭޖިންގ ޑިރެކްޓަރު ރޭޝަން ޝަރީފް ވިދާޅުވީ މީގެ ކުރިން ހުޅުވާލި ކެޓަގަރީތަކަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި، ހާއްސަކޮށް 870 ކިލޯމީޓަރުގެ ކެޓަގަރީއަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެކަމަކު އެންމެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވަނީ 5.5 ކިލޯމީޓަރުގެ ދުވުމުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުރިޔަށް އޮތް ދެ ދުވަސް ތެރޭގައި މުޅިން އައު ކެޓެގަރީތަކެއް ހިމަނައިގެން ރަޖިސްޓަރީ ކުރުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށާއި، އަދިވެސް ދުނިޔޭގެ ރިކޯޑެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަން ފޯ މޯލްޑިވްސް ދުވުމުގެ ހަރަކާތުގައި މުގުރާލަން މަސައްކަތް ކުރަމުން އަންނަ ދުނިޔޭގެ ރިކޯޑަކީ ވާޗުއަލްކޮށް ފަސް ކިލޯމީޓަރުގެ ދުވުމުގައި އެންމެ ގިނަ މީހުން ބައިވެރިވާ ދުވުމަށް ހެދުމެވެ. މިހާރުގެ ރިކޯޑަކީ 6،718 މީހުން ފަސް ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވެގެން ހަދާފައިވާ ރިކޯޑެކެވެ.

ދުވުމުގެ ބައިވެރިންނަށް ދީފައިވާ ވަކި ވަގުތެއްގެ ތެރޭގައި، ގޭގައި ޓްރެޑްމިލުގައި ނުވަތަ މަގުމަތީގައިވެސް ދުވެ ޗެލެންޖް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މެޑެއްޔެއް ލިބޭއިރު، ބައިވެރިންގެ ތެރެއިން ހޮވާ ނަސީބުވެރި 10 މީހަކަށް ޔުނިކްސް ސްޕޯޓްސްގެ ޕާޓްނާ ހޮޓެލް ނުވަތަ ރިޒޯޓުތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޔުނިކްސް ސްޕޯޓިންނުން ރަން ފޯ މޯލްޑިވްސް އިންތިޒާމުކުރާއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ "ސަނީ ސައިޑް އޮފް މޯލްޑިވްސް" އިން ވަނީ މި ދުވުން އެންޑޯސް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު