Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގޯލްޑް ސްޓީވީ އެވޯޑް އުރީދޫއަށް

އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް، އުރީދޫއިން ހާޞިލްކޮށްފި!

ކުންފުނިން ވަނީ ފަޚުރުވެރި އެތައް އެވޯޑެއް ޔަގީންކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2020 | ހޮނިހިރު 13:39
އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް ލިބުން

އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް ލިބުން

އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް، 17 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މީގެ އިތުރުން އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން، އަހަރުގެ އެންމެ އީޖާދީ ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އަދި އެންމެ އީޖާދީ ކަސްޓަމަރ ސަރވިސް ފޯރުކޮށްދޭ ކުންފުނީގެ އެވޯރޑް ވެސް އުރީދޫ މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.

Advertisement - businessAdvertisement

ގޯލްޑް ސްޓީވީ އެވޯރޑްތަކުގެ އިތުރުންވެސް ކުންފުނިން ވަނީ ފަޚުރުވެރި އެތައް އެވޯޑެއް ޔަގީންކޮށްފައެވެ. އޭގެ ތެރެއިން

· ގޯލްޑް ސްޓީވީ - ކޮންޕެނީ އޮފް ދަ އިޔަރ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)

· ސިލްވަރ ސްޓީވީ - މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔަރ (2500 މުވައްޒަފުނާއި ހަމައަށް)

· ބްރޮންޒް ސްޓީވީ - މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)

· ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް

އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

· ގޯލްޑް ސްޓީވީ - އެވޯޑް ފޮރ އިނޮވޭޝަން އިން އެޕްސް

· ގޯލްޑް ސްޓީވީ - އެވޯޑް ފޮރ އިނޮވޭޝަން އިން ކަސްޓަމަރ ސަރވިސް

· ސިލްވަރ ސްޓީވީ - އެވޯޑް ފޮރ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ ދިވެހިރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އާންމު ދިރިއުޅުމަށް އިތުރު ފަސޭހަކަމެއް ގެނެސްދިނުމަށް މިކުރާ މަސައްކަތް ފާހަގަކޮށް، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމިއުނިކޭޝަންސް ކުންފުނީގެ އެވޯރޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ފާއިތުވީ އަހަރުގެ ތެރޭގައި އެކަނިވެސް، އުރީދޫއިން ވަނީ އުރީދޫގެ ނެޓްވޯރކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށްފައި ކަމަށެވެ.

ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އެކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެގޮތުގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ވަނީ އެޗް-ޑީ ވޮއިސް ގެ ޚިދުމަތާއި ވޮއިސް އޯވަރ ވައިފައި ގެ ޚިދުމަތާއިއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ ވަރުގަދަކޮށްދީފައެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު އިންޓަނެޓް، އުރީދޫ ސުޕަރނެޓް ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ %65 އަށް ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ޓެސްލާއަށް 10 ބިލިއަން ޑޮލަރު ބޭނުންވޭ:  ގޯލްޑްމޭން

ޓެސްލާއަށް 10 ބިލިއަން ޑޮލަރު ބޭނުންވޭ: ގޯލްޑްމޭން

18 މެއި 2018
ފޭސްބުކް ކުންފުނީގެ އަގު 58 ބިލިއަން ޑޮލަރު ދަށްވެއްޖެ!

ފޭސްބުކް ކުންފުނީގެ އަގު 58 ބިލިއަން ޑޮލަރު ދަށްވެއްޖެ!

25 މާރިޗު 2018
 "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

10 ޖެނުއަރީ 2018
ގޫގްލްގެ މައި ކުންފުނީގެ ޗެއަރމަން އިސްތިއުފާ ދެއްވަނީ

ގޫގްލްގެ މައި ކުންފުނީގެ ޗެއަރމަން އިސްތިއުފާ ދެއްވަނީ

22 ޑިސެމްބަރު 2017
"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

05 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު