Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެރިޓީ ޝީލްޑް މެޗު

ފުޓްބޯޅަ ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި އީގަލްސް

މިއީ ޗެރިޓީ ޝީލްޑް މެޗުން އީގަލްސްއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2020 | ހުކުރު 16:20
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ދެވަނަ ކުލަބު އީގަލްސް ބައްދަލުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އާންމު ގޮތެއްގައި ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރަނީ ލީގު ޗެމްޕިއަނުންނާއި އެފްއޭ ކަޕުގެ ޗެމްޕިއަން ޓީމެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގެ ކުއާޓާ-ފައިނަލް މެޗުތައް ކުޅުމަށްފަހު މުބާރާތް ކެންސަލް ކުރިއެވެ. އެހެންކަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކުރިއަށް އޮތް ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުން ލީގުގެ ދެވަނަ ހޯދި އީގަލްސްއަށް ޖާގަ ދީފައެވެ. މިއީ ޗެރިޓީ ޝީލްޑް މެޗުން އީގަލްސްއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އީގަލްސްއަށް ޗެރިޓީ ޝީލްޑް މެޗުން ޖާގައެއް ލިބުނުއިރު، މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރުމާއެކު އެ ޓީމަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުންވެސް ޖާގައެއް ލިބިފައެވެ. އެހެންކަމުން މިއީ އީގަލްސްއިން އޭއެފްސީ ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު މުޅިން އަލަށް ހޯމް އެންޑް އަވޭ އުސޫލުން ޗެރިޓީ ޝީލްޑް މެޗު ކުޅުނު ނަމަވެސް، މި އަހަރު ކުޅޭނީ އެއް މެޗު ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެފްއޭއެމުން އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތްކުރަމުން އަންނައިރު، ޝީލްޑް މެޗުގައި ވާދަކުރާ އެއް ޓީމު ކަމަށްވާ މާޒިޔާއިން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. އީގަލްސް ފަރިތަކުރުންތައް ފަށަން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

މިދިޔަ އަހަރު އޮތް ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކުލަބެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު މި މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނީ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ފޯކައިދުއަށް އެ މެޗުން ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހޯދި ތ. ތިމަރަފުށީ ޓީމުން އެ މެޗު ކުޅެން ލިބުނު ފުރުސަތު ދޫކޮށްލުމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު