Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ހިޔާނާތް

ނުއަގުގައި ވިއްކާފައި ހުރި ރަށްތަކުގެ މައްސަލައިގައި ދެން ފެންނާނީ ހައްލު: މައުސޫމް

16 އޮކްޓޯބަރު 2020 | ހުކުރު 17:42

ގިނަ ދުވަސްތައް ވަންދެން ތަރައްގީ ނުކުރެވި ހުރި ރިސޯޓުތަކުގެ މައްސަލައަށް ނިމުމެއް އަންނާނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 އޮކްޓޯބަރު 2020 | ހުކުރު 17:42
ބުރާސްފަތި ދުވަހުގެރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރ ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހުގެރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރ ވާހަކަ ދައްކަވަނީ

އޮޅުވާލައިގެން އެއްބަޔަކަށް ދީފައި ހުރި ރިސޯޓުތަކާއި ނުހެދި ގިނަ ދުވަސްވެފައިވާ ރިސޯޓުތަކުގެ މައްސަލައިގައި ވަރަށް މަޝްވަރާ ކުރެވުނު ކަމަށާއި، ދެން ފެންނާނީ ހައްލު ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި، ކުރީ ސަރުކާރުން އެކަކަށް ވުރެ ގިނަ ފަރާތަށް ރުށް ވިއްކައި ފައިސާ ނަގާފައިވާ މައްސަލައާއި ނުއަގުގައި ރިސޯޓު ދީފައިވާ މައްސަލައިގައި އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެ މައްސަލަ ހައްލުކޮށް އިންވެސްޓަރ ކޮންފިޑެންސް އަލުން ހޯދުމަކީ ރައީސް ސޯލިހު ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި އެ މަސައްކަތައް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، އެކަމާއި ގުޅިގެން އެކި ފަރާތްތަކާއި ގިނަ މަޝްވަރާތަކެއް ކުރެވި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދެން އެކަމުގައި ފެންނާނީ އަމަލީ މަސައްކަތް ފަށައި ބޮޑެތި ނިންމުންތައް ނިންމާތަން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

2000 ގެ ކުރީކޮޅުގައި ރިސޯޓު ހެދުމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ބައެއް ރަށްތައް އަދިވެސް ތަރައްގީ ނުކުރެވި އެބަހުއްޓެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ގިނަ ދުވަސްތައް ވަންދެން ތަރައްގީ ނުކުރެވި ހުރި ރިސޯޓުތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެ ކަންބޮޑުވުން ވެސް ނިމުމަކަށް އަންނާނެ އިތުރަށް އެ ޝަކުވާ ކުރަން ޖެހޭނެ ދުވަހެއް ނާންނާނެ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ސަރުކާރުން ވަނީ 60 އަށް ވުރެ ގިނަ ރަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ލިބެންޖެހޭ އަގަށްވުރެ ކުޑަކޮށް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައެވެ. މިހާތަަަނަށް ބެލި ބެލުމުގައި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް މިހާރުގެ ހަމަތަކުން ބަލާނަމަ ދޫކޮށްފައިހުރި ފަޅުތައް ނުހިމަނައި ވެސް 220 މިލިއަން ޑޮލަރަށް އަރާކަމަށް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ނުއަގުގައި ރަށްތައް ވިއްކާލައިގެން ދައުލަތަށް ލިބެންޖެހޭ 91 މިލިއަން ޑޮލަރެވެ.

ނުއަގުގައި ވިއްކާފައި ހުރި ރަށްތަކުގެ މަސަތްކަތް އެ ފަރާތްތަކުން ފަށާފައިވާކަމާއި އެ ފަރާތްތަކާއި މެދު ފިޔަވަޅެއް އަޅާއިރު ވަރަށް ބޮޑަށް ރާއްޖޭގެ އިންވެސްޓަރ ކޮންފިޑެންސް ނުގެއްލޭގޮތަކަށް ވިސްނަންޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިތަނުން އެއް ރަށުގެ އެގްރީމަންޓް ވަނީ ބާތިލްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް