Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަކޫ އާއި ޒާން ވެލެންސިއާއަށް ބަދަލުވުން

އާތީގެ އިތުރުން އަކޫ އާއި ޒާން ވެލެންސިއާއަށް

16 އޮކްޓޯބަރު 2020 | ހުކުރު 10:47

މިއީ އަކޫ ވެލެންސިއާއަށް ކުޅޭނެ ހަތަރުވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އޮކްޓޯބަރު 2020 | ހުކުރު 10:47
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ކުލަބު ވެލެންސިއާއަށް ބަދަލުވެއްޖެއެވެ.

މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު އަކޫ ވެލެންސިއާއަށް ބަދަލުވިއިރު، މިއީ އަކޫ ވެލެންސިއާއަށް ކުޅޭނެ ހަތަރުވަނަ ފަހަރެވެ. އަކޫ އެންމެ ފުރަތަމަ އޭނާގެ ކެރިއަރު ފެށި 2006 ވަނަ އަހަރު ވެލެންސިއާއިންނެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރު ވެލެންސިއާއާ އަލުން ގުޅުނުއިރު، 2016 ވަނަ އަހަރުވެސް ވަނީ އެ ކުލަބަށް ކުޅެދީފައެވެ.

ވެލެންސިއާ އާއި ޓީސީގެ އިތުރުން އަކޫ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ވީބީ އައްޑޫ އެފްސީއަށްވެސް ކުޅެފައެވެ.

މި ކުލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަކޫގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ ގައުމީ ފުޓްބޯޅަ ޓީމާއެކު 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އަކޫގެ ކެޕްޓަންކަމުގެ ދަށުންނެވެ.

އަކޫގެ އިތުރުން ވެލެންސިއާއާ ގުޅުނު ޒާން އަކީ ސްޕެއިނުގެ ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސްއަށް ކުޅުނު ކުޅުންތެރިއެކެވެ. ޒާންގެ އިތުރުންވެސް ޓްރާންސްފާ ބާޒާރުގައި ވެލެންސިއާއިން އިތުރު ކުޅުންތެރިން ގެންދާނެ ކަމަށް ބެލެވެއެވެ.

އައު ސީޒަނުގައި ވެލެންސިއާއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ) އެވެ. މިދިޔަ އޮގްސްޓް މަހުގެ ކުރީކޮޅު އާތީ ވެލެންސިއާއާ ހަވާލުވިކަން އެ ކުލަބުގެ އޮފިޝަލަކު "ރާއްޖެ.އެމްވީ" އަށް ކަށަވަރުކޮށްދިންއިރު، ހުކުރު ދުވަހު އެ ކުލަބުން ވަނީ ރަސްމީކޮށް އާތީ އެ ކުލަބާ ހަވާލުވިކަން ހާމަކޮށްފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު، އާތީ އެންމެ ފަހުން އިރުޝާދު ދިނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށެވެ. އެކަމަކު ޓީސީއަށް ކުރިމަތިވި މާލީ ހާލަތާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާތީ ވަނީ އެ ކުލަބުން އިސްތިއުފާ ދީފައެވެ. މީގެ ކުރިން ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަންވެސް ކޮށްފައިވާ އާތީ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ގަދަ ހަތަރަކަށް ގެންގޮސްދީފައެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު، އެ ކުލަބު އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ވެލެންސިއާއާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނީ ސަސްޕެންޝަނުގެ ސަބަބުން ނިއު ރޭޑިއަންޓާއި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮންނަނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށްދާ ދެ ޓީމާއި ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައެވެ.

އާތީގެ އިރުޝާދުގެ ދަށުން ވެލެންސިއާއިން ހޮނިހިރު ދުވަހު ފަރިތަކުރުންތައް ފެށުމަށް ވަނީ ނިންމާފައެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދީފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. އެއާއެކު މާޒިޔާ ވެފައިވަނީ އައު ސީޒަނަށް ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އައު ސީޒަން ފެށުން ލަސްވެފައިވާއިރު، އަންނަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ދާދި ފަހުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުދިނުމުގެ ތެރެއިން ކުޅިވަރު ހަރަކާތްތަކަށް ހުއްދަ ދެވޭނީ ފެންނަ ކޭސްތަކުގެ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް