Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ގެ އެތެރޭގެ ހިންގުން

ތޮއްޔިބު: އެމްއެމްޕީއާރްސީގެ ކުރީގެ ބައެއް ވެރިން މިހާރުވެސް އެބަ ތިބި، ބައެއް ފަހަރު އަޅުގަނޑު ހަލާކުވާ ފަހަރުވެސް އާދޭ!

ބޯޑުން މިވަގުތު ދެ މެމްބަރަކު ވަނީ ވަކިވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އޮކްޓޯބަރު 2020 | ހުކުރު 07:33
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު- ތޮއްޔިބު ވިދާޅުވީ، މުވައްޒަފެއްގެ މައްސަލަ ބަލައި ފިޔަވަޅު ނާޅާ ހިނދަކު އެއީ މައުސޫމު މީހެއްކަމަށް

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު- ތޮއްޔިބު ވިދާޅުވީ، މުވައްޒަފެއްގެ މައްސަލަ ބަލައި ފިޔަވަޅު ނާޅާ ހިނދަކު އެއީ މައުސޫމު މީހެއްކަމަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)ގެ އެކި ޑިޕާޓްމަންޓު ތަކުގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ވެރިން މިހާރު ވެސް އެބަ ތިއްބެވި ކަމަށާއި، ބައެއް ފަހަރު އެކަމުގެ ދަތިތައް ކުރިމަތިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޮއްޔިބު ވިދާޅުވީ، ބޯޑުން މިވަގުތު ދެ މެމްބަރަކު ވަކިވެފައިވާއިރު، ބޯޑު މެމްބަރުން ހަމަ ކުރުމުގެ މަޝްވަރާތައް ރައީސް އޮފީހާއެކު ކުރެވެމުންދާ ކަމަށެވެ. އަދި މިވަގުތުވެސް އެމްއެމްޕީއާރްސީގެ އެކި ޑިޕާޓްމަންޓުތައް ހިންގެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ މީގެ ކުރިންވެސް އެކަން ކުރެއްވި ބައެއް ބޭފުޅުން ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ، އެފަދަ ބޭފުޅުންގެ ސަބަބުން ބައެއް ފަހަރު މަސައްކަތްތަކަށް ދަތިވާ ފަހަރުވެސް އަންނަ ކަމަށާއި، އެހެން ނަމަވެސް އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލައާ ގުޅިގެން އޮޑިޓް ރިޕޯޓުތަކުގައި ވެސް މައްސަލަތައް ފާހަގަވާން ހުރިއިރު، ތަހުޤީޤީ އިދާރާއަކުން މުވައްޒަފެއްގެ މައްސަލަ ބަލައި ފިޔަވަޅު ނާޅާނަމަ އެކަމުގައި ކުރެވޭނެ ކަމެެއް ނެތް ކަމަށެވެ.

ތޮއްޔިބު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އެއްވެސް އިސް ވެރިއެއްގެ ނުފޫޒެއް އެމްއެމްޕީއާރްސީ އަށް ނުފޯރާ ކަމަށެވެ. އެގޮތުން ނުފޫޒެއް ފޯރައިގެން ކަމެއް ހިނގި ނަމަ އެކަން މިހާރު އެނގެން އޮންނާނެ ކަމަށާއި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމެއް ކޮށްފިނަމަ އެކަންވެސް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް މީހަކަށް އެފަދަ ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަޤީންކަން ތޮއްޔިބު ވަނީ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު