Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާހު މާހިރުގެ ސަސްޕެންޝަން އުވާލުން

ސްޓޭޓް މިނިސްޓަރ ޝާހު މާހިރުގެ ސަސްޕެންޝަން އުވާލައިފި

15 އޮކްޓޯބަރު 2020 | ބުރާސްފަތި 17:32

ޝާހުގެ މައްސަލަ ތަހުގީގުކުރީ ވެންޓިލޭޓަރު ގެނައުމުގައި ދިވެހި ދެ ކުންފުނިކަމަށްވާ މެޑްޓެކާއި ނާޑަށް ދިން މުއްދަތު އިތުރުކުރި މައްސަލައާ ގުޅިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 17:32
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު: އޭސީސީން ވަނީ ވެލްޓިލޭޓަރުގެ މައްސަލާގައި ޝާހު ކޮރަޕްޝަނުގެ އަމަލެއް ނުހިންގާކަމަށް ނިންމާފައި

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު: އޭސީސީން ވަނީ ވެލްޓިލޭޓަރުގެ މައްސަލާގައި ޝާހު ކޮރަޕްޝަނުގެ އަމަލެއް ނުހިންގާކަމަށް ނިންމާފައި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން މާލިއްޔަތު ގަވާއިދާ ހިލާފުވި މައްސަލާގައި ސަސްޕެންޑްކުރި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ރައީސް އޮފީހުން ބުރާސްފަތި ދުވަހު، ޝާހުގެ ސަސްޕެންޝަން އުވާލުމަށްފަހު، ވަޒީފާގެ މަސްއޫލިއްޔަތާ ހަވާލުވުމަށް އަންގަވާފައިވާއިރު، ބުދަ ދުވަހު އެނޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހެލްތް މިނިސްޓްރީން ހިންގާފައިވާ ކޮރަޕްޝަނުގެ އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ހެލްތް މިނިސްރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ ލިސްޓުގައި ޝާހުގެ ނަމެއް ނުހިމެނެއެވެ.

Advertisement - newsAdvertisement

ވެންޓިލޭޓަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަން މައްސަލަ ފެންމަތިވުމާއެކު ޝަހު ވަނީ، ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ކުންފުންނާއެކު ހެލްތް މިނިސްޓްރީން ހިންގާފައިވާ މުއާމަލާތްތަކުގައި އޭނާ އެކަމުގައި ބައިވެރިވެވަޑައި ނުގަންނަވާކަން ހާމަ ކުރައްވާފައެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝާހަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރެއް ނަމަވެސް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއިން ވެންޓިލޭޓަރު ގަތުމުގެ މުއާމަލާތްތަކުގައި ޝާހުގެ އެއްވެސް ދައުރެއް ނުވެއެވެ.

ޝާހުގެ މައްސަލަ ތަހުގީގުކުރީ ވެންޓިލޭޓަރު ގެނައުމުގައި ދިވެހި ދެ ކުންފުނިކަމަށްވާ މެޑްޓެކާއި ނާޑަށް ދިން މުއްދަތު އިތުރުކުރި މައްސަލައާ ގުޅިގެންނެވެ.

އޭސީސީން ބުނެފައިވަނީ، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމުމުގައި ރިއާޔަތްކޮށްފައިވާ ސަބަބުތައްކަމަށް މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުންތަކުގައިވާ ސަބަބުތަކަކީ އެހާލަތަށް އެކަށީގެންވާ ސަބަބުތަކެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރިއިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިނުވި ނަމަވެސް، މުއްދަތު އިތުރުކުރުމަށް ނިންމިއިރު ރާއްޖޭގެ ބޯޑަރުވަނީ ބަންދުކޮށްފައިކަމާއި، ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮކިއުމެންޓްތަކާ ގުޅިގެން މުއްދަތު އިތުރުކޮށް ދީފައިވާ ކަން ތަހުގީގަށް ފާހަގަވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އެހެންކަމުން، އޭސީސީން ފޮނުވި ލިޔުމުގައި ވަނީ ޝާހުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކަނޑައަޅާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް