Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަމުގެ ހިދުމަތްތައް އޮންލައިން ކުރުން

ދަނޑުވެރިކަމާއި ގުޅުން ހުރި ހިދުމަތްތައް އޮންލައިން ދޭން ފަށައިފި

މި ސިސްޓަމަކީ އޭޑީބީގެ އެހީތެރިކަމާއެކު ގާއިމް ކުރި ސިސްޓަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 13:00
އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު (ކ) އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް (ވ)

އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު (ކ) އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް (ވ)

މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ދެމުން އަންނަ ދަނޑުވެރިކަމާއި ގުޅުންހުރި ހިދުމަތްތައް އޮންލައިންކޮށް ދެވޭގޮތައް ތައްޔާރު ކުރި "އެގްރިކަލްޗަރ އޮންލައިން ސިސްޓަމް" (އޭއޯއެސް) ލޯންޗްކޮށް ހިދުމަތްދޭން ފަށައިފިއެވެ.

މިނިސްޓްރީންދޭ ހިދުމަތްތައް އެއްވިއުގައަކުން ލިބޭގޮތަށް އޭޑީބީގެ އެހީގައި ގާއިމްކުރި މި ސިސްޓަމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ އޭއޯއެސްއަކީ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލަޕްމަންޓުން އޭޑީބީގެ އެހީގައި ހިންގާ ޕްރޮޖެކްޓެއް ކަމަށާއި، އޮންލައިން ސިސްޓަމަކީ މިނިސްޓްރީން ދޭ ހިދުމަތްތައް މިނިސްޓްރީއަށް ނުގޮސް ކޮންމެ ތަނެއްގައި ހުރެގެން ވެސް ލިބިވަޑައިގަންނަވާނެ ހިދުމަތްތަކެއް ކަމަށެވެ.

މި ހިދުމަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އޮންލައިން ސިސްޓަމަކީ މިނިސްޓްރީގެ ފަރާތުން އެއްތަނަކުން ހިދުމަތްތައް ދިނުމަށް ގެންދެވޭ ސިންގަލް ވިންޑޯ ޕްރޮގްރާމުގެ ދަށުން އޭޑީބީގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމާއި ބެހޭ މޮޑިއުލް ކަމަށެވެ. އަދި މަސްވެރިކަމާއި ބެހޭ މޮޑިއުލް ވެސް ތައްޔާރު ކުރެވެމުންދާ ކަމަށާއި، އެބައި ވެސް ވަރަށް އަވަހަށް ލޯންޗް ކުރެވޭނެ ކަމަށެވެ.

އަލަށް ތައާރަފް ކުރި މި ސިސްޓަމަށް ލޮގިން ވާން ޖެހެނީ އީފާސް މެދުވެރިކޮށް ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ. މި ސިސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ދަނޑުވެރި ކަމަށް ބޭނުން ކުރާ ތަކެތި އެތެރެ ކުރުމުގެ ހުއްދައަށް އެދުމާއި، ހުއްދަ ދޫކުރުމާއި ދަނޑުބިން ރަޖިސްޓްރީ ކުރުމާއި ދަނޑުވެރިކަމާއި ބެހޭ ހުރިހާ ހިދުމަތެއް ހިމެނެއެވެ. އަދި މި ސިސްޓަމް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ކަމާއި ގުޅުން ހުރި އެކި މުއައްސަސާތަކާއި ގުޅިގެން ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު