Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު ފޯމެޓް ބަދަލުކުރުން

ޕްރިމިއާ ލީގުގެ ފޯމެޓް ބަދަލުކުރަން ގިނަ ކުލަބުތައް ދެކޮޅު

15 އޮކްޓޯބަރު 2020 | ބުރާސްފަތި 10:20

ޕްރިމިއާ ލީގު ފޯމެޓް ބަދަލުކުރަން ޔުނައިޓެޑާއި ލިވަޕޫލުން ވަނީ ރުހުން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 10:20
ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ އެހީތެރިކަމާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ފޯމެޓް ބަދަލުކުރަން ހުށަހަޅާ ޕްރޮޕޯސަލަށް ގިނަ ކުލަބުތަކުން ދެކޮޅު ހަދައިފިއެވެ.

އިނގިރޭސި ރިޕޯޓުތައް ބުނާ ގޮތުން "ޕްރޮޖެކްޓް ބިގް ޕިކްޗާ" ގެ ނަމުގައި ހުށަހަޅަން ތައްޔާރުކުރަމުން އަންނަ ޕްރޮޕޯސަލުގައި ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 20ން 18ށް ކުޑަކުރުމުގެ އިތުރަށް، އިނގިރޭސި ލީގު ކަޕް އުވާލުމަށްވެސް ހުށަހަޅާނެއެވެ. އަދި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުވެސް ނުބޭއްވުމަށް ހުށަހަޅާނެއެވެ. މީގެ އިތުރުން އީއެފްއެލް ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަނާއި ރަނަރަޕް ޓީމަށް ސީދާ ޕްރިމިއާ ލީގުން ޖާގަ ދޭ ގޮތަށް ހިމެނުމާއި، ޕްރިމިއާ ލީގުގެ 16 ވަނައިގައި ނިންމާ ޓީމު ޕްލޭއޮފުގައި ކުޅެން ޖެހޭ ގޮތް ހަދަން ޕްރޮޕޯސަލުގައި ހުށަހަޅާފައިވެއެވެ.

ޕްރޮޕޯސަލުގައި ހިމަނާފައިވާ ބަދަލުތައް ފާސްކުރަން ޕްރިމިއާ ލީގުގެ 20 ކުލަބުގެ ތެރެއިން 14 ކުލަބެއްގެ ވޯޓު ބޭނުންވާނެއެވެ. މި ޕްރޮޕޯސަލަށް ޔުނައިޓެޑާއި ލިވަޕޫލުން ރުހުން ދިން ނަމަބެސް، ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ ގިނަ ކުލަބުތަކަކުން ވަނީ މި ޕްރޮޕޯސަލަށް ވޯޓު ނުދޭން ނިންމާފައެވެ.

އެގޮތުން ޕްރޮޕޯސަލުގައި ވޯޓުލުމުގެ ހާއްސަ ބާރުތަކެއް ލިބިގެންދާ ނުވަ ކުލަބުގެ ތެރޭގައި ވެސްޓް ހޭމް ޔުނައިޓެޑުވެސް ހިމެނޭއިރު، އެ ކުލަބުގެ އޮފިޝަލަކު މީގެ ކުރިން ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވަނީ ލީގު ފޯމެޓް ބަދަލުކުރަން އެ ކުލަބުވެސް ދެކޮޅު ކަމަށް ބުނެފައެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުން މި ޕްރޮޕޯސަލަށް އިނގިރޭސިވިލާތުގެ ސަރުކާރުންވެސް ދެކޮޅެވެ.

އިނގިރޭސި މީޑިއާތަކުގައި މި ޕްރޮޕޯސަލުގެ ވާހަކަ ފެތުރުމާއެކު ޕްރިމިއާ ލީގުގެ ބޯޑުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ އިނގިރޭސި ލީގަކީ މުޅި ދުނިޔޭގައިވެސް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައިވާ މުބާރާތެއް ކަމަށާއި، މާލީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ބޮޑު ބަދަލުތަކެއް ގެންނަން ވިސްނުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އައު ޕްރޮޕޯސަލުގައިވާ ގޮތުން ޕްރިމިއާ ލީގު މެދުވެރިކޮށް ލިބޭ ބޮޑު އާމްދަނީގެ ބައެއް ދަށް ޑިވިޝަން ކުރިއެރުމަށްވެސް ޚަރަދުކުރަން ޖެހެއެވެ. އެއާއެކު އީއެފްއެލްގެ ޗެއާމަން ރިކް ޕެރީ ވަނީ މި ޕްރޮޕޯސަލަށް މަރުހަބާ ކިޔާފައެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 18ށް ކުޑަކުރުމު މަސައްކަތް ކުރަމުން އަންނައިރު، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން 18 ޓީމާއެކު މި ވަގުތު ލީގު ކުރިއަށްގެންދާ ހަމައެކަނި ލީގަކީ ޖަރުމަން ލީގެވެ. ޕްރިމިއާ ލީގުގައި މިހާރު 20 ޓީމު ހިމެނޭއިރު، އެފްއޭ ކަޕުގެ އިތުރަށް ލީގު ކަޕް ކުޅެން ޖެހުމާއެކު، ޓީމުތަކަށް ބާރުބޮޑުވާ ކަމަށް ބުނެ އެކިފަހަރު މަތިން ޓީމުތަކުގެ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް