Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު

ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު

15 އޮކްޓޯބަރު 2020 | ބުރާސްފަތި 08:40

މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް އިންތިޚާބަށް ކުރިމަތިލެވޭނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 08:40
މިދިޔަ އަހަރު ބޭއްވި ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ކުޅުންތެރިން

މިދިޔަ އަހަރު ބޭއްވި ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ކުޅުންތެރިން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމައި، އިންތިޚާބަށް އިއުލާން ކޮށްފިއެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް އިންތިޚާބަށް ކުރިމަތިލާ ބޭފުޅުންނަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބުގައި ވޯޓުން އިންތިޚާބު ކުރުމަށް ނިންމާފައި ވަނީ ފަސް މަގާމެކެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. އެކަމަކު ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވާ ހިންގާ ކޮމިޓީން ކަމަށް ޓެނިސް އެސޮސިއޭޝަނުން މައުލޫމާތުދެއެވެ.

ޓެނިސް އެސޯސިއޭޝަން އުފެދުނު ފަހުން ބާއްވާ ހަތަރުވަނަ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އިންތިޚާބީ ގަވާއިދު އަދި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ޓެނިސް އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށާއި، އަދި އެސޯސިއޭޝަނުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އިންތިޚާބުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ އެ އެސޯސިއޭޝަނުގެ އާންމު މެންބަރުންގެ ތެރެއިން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުވާލެވުނު ދުވަހުގެ ނިޔަލަށް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށެވެ. އެ ގޮތުން މި ވަގުތު ޓެނިސް އެސޯސިއޭޝަނުގެ މެންބަރުންގެ ގޮތުގައި ތިބީ 215 މެންބަރުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ޓެނިސް އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީގެ ދެވަނަ ދައުރު ފުރިހަމަކޮށްފައިވާއިރު، މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު މި އަހަރުގެ ޖުލައި 17 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައު ހިންގާ ކޮމޓީއެއް އިންތިޚާބުވެ، ސްޕޯޓްސް ކޮމިޝަނުން ބަލައިގަންނަންދެން މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ސްޕޯޓްސް ކޮމިޝަނުން ވަނީ ދަމަހައްޓާދީފައެވެ.

ޓެނިސް އެސޯސިއޭޝަނުގެ މިހާރުގެ ރައީސް އަކީ އަޙްމަދު ނަޒީރެވެ. އަދި ނައބު ރައީސް އަކީ މުޙައްމަދު އަމީންނެވެ. ހަޒާންދާރުގެ ގޮތުގައި މަޙްމޫދު ރަމީޒް ހުރިއިރު، އިތުރު ތިން މެންބަރުންނަކީ ހަސަން ޝާމް އާއި، އަޙްމަދު ޝާމް އަދި އިބްރާހީމް ހުސައިނެވެ.

ރާއްޖޭގައި ޓެނިސް ކުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅިވަރު ވަސީލަތް ގާއިމުވެފައިވާ ކުޅިވަރަކީ ޓެނިހެވެ. ކޮންމެ އަހަރަކުވެސް ޓެނިހުން ގިނަ މުބާރާތްތަކެއް ބާއްވަމުންދިޔަ ނަމަވެސް، ޓެނިސް ކުޅޭ ކުޅުންތެރިންގެ އަދަދު އިތުރުވަމުންދަނީ ވަރަށް މަދުންނެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ޓެނިހުން ރާއްޖެއަށް އެކަށީގެންވާ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

18 އެޕްރީލު 2017
ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
06 އެޕްރީލު 2017

އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

06 އެޕްރީލު 2017
އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
04 އެޕްރީލު 2017

ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު

04 އެޕްރީލު 2017
ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
13 މާރިޗު 2017

އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

13 މާރިޗު 2017
އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި
24 ފެބުރުއަރީ 2017

އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި

24 ފެބުރުއަރީ 2017
އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް