Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުލިގަމުގައި އަޅާ 100 އެނދުގެ ސިޓީ ހޮޓާ

އުލިގަމުގެ ސިޓީ ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުުމުގެ ބިޑު ޑޮކިއުމަންޓު ވިއްކަން ފަށައިފި

އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 36 ހެކްޓަރުގެ ބިން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2020 | ބުދަ 12:35
އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ޓުއަރިސްޓް ހޮޓަލުގެ މަސައްކަތް ހުއްޓި އިމާރާތްތައް ވީރާނާވާން ދޫކޮށްލާފައި

އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ޓުއަރިސްޓް ހޮޓަލުގެ މަސައްކަތް ހުއްޓި އިމާރާތްތައް ވީރާނާވާން ދޫކޮށްލާފައި

ހއ. އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުޤުވެރިވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހއ. އުލިގަމުގައި ސިޓީ ހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުުމަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިމަހުގެ 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ހއ. އުލިގަމުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީއާ ހަވާލުކުރި 100 އެނދުގެ ސިޓީ ހޮޓަލުގެ މަޝްރޫއަކީ، މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގާނެ އެއް މަޝްރޫއުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޯޓާ އެޅުމުގެ މަޝްރޫއުގެ އިތުރުންވެސް، އުލިގަމަށް އަންނަ ޔޮޓު ފަދަ އުޅަނދުތަކަށް ބޭނުންވާ ހިދްމަތްތައް އިތުރަށް ތަރައްގީ ކުރުމާއި، ބޮޑު ތިލަދުއްމަތީގައި ހަދާފައިވާ އެއާޕޯޓްތައް އިތުރަށް ތަރައްގީ ކުރުމާއި، އަދި ހަދަމުންދާ އެއާޕޯޓްތައް ނިންމައި ހުޅުވުމުގެ މަސައްކަތްތައް ވަރަށް ބާރަށް މިސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

ހއ. އުލިގަމުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް 27 ފެބްރުއަރީ 2007 ގައި އެމްޓީޑީސީ އާއި ކުރެވުނު އެގްރީމަންޓު 21 ޖުލައި 2015 ގައި ބާތިލު ކުރެވިފައިވާއިރު، އެމްޓީޑީސީން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ވަނީ ހޯދާފައެވެ.

ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ ގިނައަދަދެއްގެ ޔޮޓު ފަހަރު މީގެ ކުރިން އުލިގަމުގައި ބަނދަރު ކުރަމުން އައިސްފައިވާއިރު، އުލިގަމުގައި އެފަދަ ތަރައްޤީގެ މަޝްރޫއެއް ހިންގުމަކީ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެ، ރަށް ތަރައްޤީވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި

ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި

11 ޖެނުއަރީ 2019
ސައުތު އެފްރިކާ އިން އައްޑޫ ސިޓީ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި

ސައުތު އެފްރިކާ އިން އައްޑޫ ސިޓީ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި

03 ޑިސެމްބަރު 2018
100 އެމްބީޕީއެސްގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މުޅި އައްޑޫ ސިޓީ އަށް

100 އެމްބީޕީއެސްގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މުޅި އައްޑޫ ސިޓީ އަށް

28 އޮކްޓޯބަރު 2018
ކްރޮސްރޯޑްސް ރިސޯޓުގައި މެރީނާއެއް ގާއިމުކުރަން ނިންމައިފި

ކްރޮސްރޯޑްސް ރިސޯޓުގައި މެރީނާއެއް ގާއިމުކުރަން ނިންމައިފި

27 އޯގަސްޓު 2018
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑޫ ސިޓީއަށް

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑޫ ސިޓީއަށް

31 ޖުލައި 2018

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު