Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޮރައިޒަން އިން ހޯނޑެއްދޫގައި ހަދާ މަސްފެކްޓްރީ

ހޮރައިޒަން އިން ހޯނޑެއްދޫގައި ހަދަމުންދާ މަސްފެކްޓްރީ މައްސަލާގައި ކަމާގުޅޭ ދާއިރާތަކުން މައުލޫމާތު ސާފުކުރުމަށް ކޮމިޓީން ނިންމައިފި

ކޮމިޓީން ނިންމީ މިކަމާއި ގުޅިގެން ހޮރައިޒަން އާއި ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ހޯނޑެއްދޫ ކައުންސިލުން މައުލޫމާތު ސާފުކުރުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އޮކްޓޯބަރު 2020 | އަންގާރަ 16:15
ހޯނޑެއްދޫ - މިފެކްޓްރީ އޮޕަރޭޓްކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށް މެމްބަރުން ފާހަގަކުރައްވާފައިވޭ

ހޯނޑެއްދޫ - މިފެކްޓްރީ އޮޕަރޭޓްކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށް މެމްބަރުން ފާހަގަކުރައްވާފައިވޭ

މަސްފެކްޓްރީ އެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިމުގައި މަސް ފެކްޓްރީ އެޅުމުގެ މަޝްރޫއަށް 14 އަހަރު ވީ އިރުވެސް އެ މަސައްކަތަށް އެއްވެސް ސަރުކާރަކުން އަޅާނުލުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްފައިވާ މައްސަލައިގައި ކަމާގުޅޭ ދާއިރާތަކުން މައުލޫމާތު ސާފުކުރުމަށް އެކަން ދިރާސާކުރަމުންދާ އިޤްތިޞާދީ ކޮމިޓީން ނިންމައިފި އެވެ.

ގދ. ހޯނޑެއްދޫއާއި މުޅި ހުވަދު އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުން ފާޅުކުރައްވާ ފިރުޝާން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް ސިޓީ ފޮނުއްވާފައިވަނީ މި އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު އެވެ. އެސިޓީ ދިރާސާކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އިޤްތިޞާދީ ކޮމިޓީންނެވެ. މިކަން ދިރާސާކުރުމަށް އަންގާރަ ދުވަހު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވަނީ މިކަމާއި ގުޅޭގޮތުން ކުރިއަށް ދިޔުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް މިހާބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަކަށްވާތީ ކަމާގުޅޭ ފަރާތްތަކުން ގިނަ މައުލޫމާތުތަކެއް ސާފުކުރަން ހުންނާނެކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މީގެއިތުރުން މިހާބޮޑަށް ދިގުލައިގެން ގޮސްފައިވާ މައްސަލައަކަށް ވާއިރު ރައްޔިތުންނަށް މިކަމުން އެއްވެސް މަންފާއެއް ނުލިބިދާ ދިޔުން މެމްބަރުން ކޮމިޓީގައި ފާހަގަކުރެއްވިއެވެ. އަދި މިފެކްޓްރީ އޮޕަރޭޓްކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަންވެސް މެމްބަރުން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ކޮމިޓީން ނިންމީ މިކަމާއި ގުޅިގެން ހޮރައިޒަން އާއި ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ހޯނޑެއްދޫ ކައުންސިލުން ސިޓީއަކުން މައުލޫމާތުތައް ސާފުކުރުމަށެވެ.

ފިރުޝާން ފޮނުއްވި މިސިޓީގައިވަނީ ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ބިން ދޫކުރެވުނުތާ މިއަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހަށް 15 އަހަރު ފުރޭއިރު، މަސް ފެކްޓްރީ އަދިވެސް ހަދާ ނިމިފައިނުވާތީ ރާއްޖޭގެ އިގްތިސާދަށާއި އެ އަތޮޅުގެ ރައްޔިތުން ކުރާ ސީދާ ފައިދާއެއް ވެސް ނެތް ކަމަށެވެ.

މި މައްސަލަ މެންބަރު ފިރުޝާން ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. ޒަހާ އެދުވަހު ވިދާޅުވެފައި ވަނީ މި މައްސަލަ އޮތްގޮތުން މި މައްސަލަ ދެން ދާނީ ކޯޓަށް ކަމަށެވެ.

އެދުވަހު މެމްބަރުން ތަކުރާރުކޮށް މިނިސްޓަރަށް އަމާޒު ކުރެއްވި ސުވާލަކީ އެގްރިމެންޓާ ހޮރައިޒަން އިން ޚިލާފުވެފައިވާ ކަމަށް ދެކެވަޑައިގަންނަވަންތޯ އާއި އެހެންކަމަށްވާނަމަ ފިޔަވަޅު އަޅުއްވާނީ ކޮންއިރަކުންތޯ އެވެ. މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ނުދައްވާ ވިދާޅުވީ އުންމީދުކުރެއްވި ހިސާބަށް އެމަސައްކަތް ނުދާކަމަށެވެ. އަދި ހެދިފައިހުރި އެކްސްކުލޫސިވް އެގްރިމެންޓް އުވާލައިގެން ނޫނީ މަސްވެރިންނަށް ހަމައަގު ހޯދައި ނުދެވޭނެކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހޯނޑެއްދޫގައި މަސް ފެކްޓްރީ އެއް އެޅުމަށް ބިން ކުއްޔަށް ދީފައިވަނީ އަކަފޫޓަކަށް 15 ލާރީގެ މަގުންނެވެ.

މި ސިޓީގައި މެންބަރު ފިރުޝާން އިތުރަށް ވިދާޅުވެފައިވަނީ، މި މައްސަލައަށް މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައިނުވާއިރު، އެ ކުންފުނީގެ ހޯނޑެއްދޫގައި ތިބި މުވައްޒަފުން މަދުކޮށް، ބާކީ ތިބި މުވައްޒަފުންނަށް ކޮވިޑް-19 ކަމަށް ބުނެ މުސާރައިގެ ގޮތުގައި 1000 ރުފިޔާ އަށްވުރެ ދަށް އުޖޫރައެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ އެތަނުގައި ހުރި ބައެއް މުދަލާއި ވެހިކަލް ފަދަ ތަކެތިވެސް ރަށުން ބޭރުކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު