Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް އޯޕަން ޓެނިސް މުބާރާތް

ފްރެންޗް އޯޕަން ކާމިޔާބުކޮށް ފެޑެރާގެ ރިކޯޑާ ނަޑާލް ހަމަކޮށްފި

11 އޮކްޓޯބަރު 2020 | އާދީއްތަ 16:18

ފެޑެރާ އާއި ނަޑާލް ވަނީ ގްރޭންޑް ސްލޭމް 20 ތަށި ކާމިޔާބުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އޮކްޓޯބަރު 2020 | އާދީއްތަ 16:18
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި ރަފައެލް ނަޑާލް އުފުލާލަނީ

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި ރަފައެލް ނަޑާލް އުފުލާލަނީ

މި އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާގެ ރިކޯޑާ ރަފައެލް ނަޑާލް ހަމަކޮށްފިއެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ފެޑެރާ ވަނީ ގްރޭންޑް ސްލޭމް 20 ތަށި ކާމިޔާބުކޮށް، އެންމެ ގިނައިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ. އެ ރިކޯޑާ ފްރެންޗް އޯޕަނުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ނަޑާލް އެއްވަރުކުރީ އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ދުނިޔޭގެ ރޭންކިން އެއްވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ބަލިކުރުމަށްފަހުއެވެ. އެއާއެކު އުމުރުން 34 އަހަރުގެ ނަޑާލްވެސް ވަނީ ގްރޭންޑް ސްލޭމް 20 ތަށި މިހާތަނަށް ކާމިޔާބުކޮށްފައެވެ.

އާދީއްތަ ދުވަހު ކުޅުނު ފްރެންޗް އޯޕަނުގެ ފައިނަލް މެޗުން ނަޑާލް މޮޅުވީ ޖޮކޮވިޗް އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ދެ ސެ ޓު ނަޑާލް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެ ދެ ސެޓު ނަޑާލް ގެންދިޔައީ 6-0 އަދި 6-2 ންނެވެ. މެޗުގެ ތިންވަނަ ސެޓުގައި ޖޮކޮވިޗް ކުޅުން ރަނގަޅުކުރި ނަމަވެސް، ނަޑާލް ވަނީ މި ސެޓު 7-5 ން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލް މެޗަށްފަހު ނަޑާލް ބުނީ ފެޑެރާއާއެކު މިވީތަނަށް ތަފާތު ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި، އޭނާގެ ރިކޯޑާ ހަމަކުރެވުމަކީ ފަޚުރެއް ކަމަށެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މި އަހަރަކީ އޭނާއަށް އުދަނގޫ އަހަރެއް ކަމަށާއި، އެކަމަކު މި ލެވެލުގައި ހިފެހެއްޓުނީ ވަރަށް މަސައްކަތުން ކަމަށްވެސް ވަނީ ބުނެފައެވެ.

ޖޮކޮވިޗް ބަލިކޮށް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް 13 ވަނަ ފަހަރަށް ހޯދިއިރު، އޭނާ ވަނީ މިހާތަނަށް މި މުބާރާތުގެ ފައިނަލުގައި ސައްތަ އިން ސައްތަ ރިކޯޑެއް ދަމަހައްޓާފައެވެ. އަދި މިއީ ނަޑާލް މި މުބާރާތުގެ ފައިނަލުގައި ޖޮކޮވިޗް ބަލިކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ނަޑާލް ވަނީ 2012 އަދި 2014 ވަނަ އަހަރުގެ ފައިނަލުގައި ޖޮކޮވިޗް ބަލިކޮށްފައެވެ.

އަދި އާދީއްތަ ދުވަހުގެރޭގެ މޮޅާއެކު ނަޑާލް ވަނީ ފްރެންޗް އޯޕަނުގައި 100 މޮޅު ހަމަކޮށްފައެވެ. އޭނާ މި މުބާރާތުގައި މިހާތަނަށް ބަލިވީ އެންމެ ދެ މެޗުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް