Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް

މުވައްޒަފެއް ވަޒީފާ އިން ވަކި ކުރުމާ ގުޅޭ ލިޔެކިޔުންތަކެއް އޭސީސީގެ ކުރީގެ އެސްޖީ ފޯރޖް ކުރި މައްސަލައެއް!

ވަޒީފާއިން މީހަކު ވަކިކުރާނަމަ ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމައެއް ނުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޮކްޓޯބަރު 2020 | އާދީއްތަ 06:28
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު- ފޯރޖްކޮށްފައިވާ ލިއެކިއުންތަކުގައި ސޮއިކޮށްފައިވަނީ އޭނާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައި

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު- ފޯރޖްކޮށްފައިވާ ލިއެކިއުންތަކުގައި ސޮއިކޮށްފައިވަނީ އޭނާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ސެކްރެޓްރީ ޖެނެރަލް އެ ކޮމިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެކަމާ ގުޅޭ ލިޔެކިޔުންތަކެއް ފޯރޖް ކުރި މައްސަލައެއް ފެންމަތިވެއްޖެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަކިކުރިއިރު، އޭސީސީގައި މަސައްކަތް ކުރަމުންދާތާ 5 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި އެ މުވައްޒަފު ވަޒީފާއިން ވަކިކުރިއިރު، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަޒީފާއިން މީހަކު ވަކިކުރާނަމަ ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަ ކޮށްފައެއްވެސް ނުވެއެވެ.

އޭގެ އިތުރުން، މި މައްސަލަ 21 އޭޕްރިލް 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އޭސީސީގެ އޭރުގެ ސެކްރެޓްރީ ޖެނެރަލް ވަނީ ލިޔުންތައް ފޯރޖުކޮށް ޓްރައިބިއުނަލްއަށް އެ ލިޔެކިޔުންތައް ހުށައަޅާފައެވެ. އެގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުމުގައި ސޮއި ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދުކަން އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ އަކީ އޭސީސީގެ ކުރިގެ ދައުރުގައި ވެސް އަދި މި ދައުރުގެ މެންބަރުންނާއެކުވެސް މަސައްކަތް ކުރެއްވުމަށްފަހު، ދައުރު ހަމަކޮށް ވަކި ބޭފުޅެކެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފޯރޖު ކޮށްފައިވަނީ ވަޒީފާއިން ވަކި ކުރި މުވައްޒަފަށް ލިޔުމުން އިންޒާރު ދިންކަމުގެ ލިޔުމެވެ. އެގޮތުން އެ ލިޔުމުގައި އެފަދަ އެހެން ލިޔުންތަކާ ތަފާތު އެތައްކަމެއް ފާހަގަވެސް ކުރެވިފައިވާއިރު، އެ ލިއުމާ ޙަވާލުވި މީހެއް ވެސް އެނގޭކަށް ނެތެވެ. އަދި އެ ލިޔުމުގެ ލެޓަރހެޑް ވެސް އެހެން ލިޔުންތަކާ ތަފާތެވެ.

މުވައްޒަފު ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަޒީފާއާބެހޭ ޓަރައިބިއުނަލްއަށް ހުށަހެޅި ހިނގަމުންދާ މައްސަލައިގައި އޭސީސީގެ ފަރާތުން ވަކާލާތު ކުރުމަށް ޢަބްދުﷲ ރަޝީދު ވަޑައިގަތުމުން އެ މައްސަލައިގައި ޢަބްދުﷲ ރަޝީދަށް އޭސީސީ ތަމްސީލް ނުކުރެވޭނެ ކަމަށް 17 އޮކްޓޯބަރ 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު