Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވެކްސްއިން ޗައިނާއިން ގަންނަ ވެކްސިން

ޗައިނާ އިން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ގަންނާނީ އާބާދީގެ 1 އިންސައްތަ އަށް ބޭނުންވާ ވެކްސިން

ފެސިލިޓީއަށް ފަންޑުކުރާ ގައުމުތަކަށް ދިގު މުއްދަތަކަށް އާބާދީގެ 20 އިންސައްތައަށް ވާވަރަށް ވެކްސިން ލިބޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އޮކްޓޯބަރު 2020 | އާދީއްތަ 06:04
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގ

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގ

ކޮވެކްސް ފެސިލިޓީން ޗައިނާއިން ގަންނާނީ ޗައިނާގެ އާބާދީގެ 1 އިންސައްތަ މީހުން ނުވަތަ 15 މިލިއަން މީހުންނަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޮވެކްސް އަކީ ކޮވިޑް-19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ.

ޗައިނާ އިން ފެސިލިޓީގައި ބައިވެރިވުމުން އެ ގައުމަށް ވެސް ފެސިލިޓީގައި ބައިވެރިވާ އެހެން ގައުމުތަކުގެ އާބާދީއަށް ލިބޭ މިންވަރަށް ވެކްސިން ލިބޭނެ ކަމަށް ގަވީގެ ސްޕޯކްސްމަން ބުނެއެވެ. ގަވީ އަކީ މި ފެސިލިޓީ އުފެއްދުމުގައި ޑަބްލިޔުއެޗްއޯ އާއި ގުޅިގެން މަސައްކަތް ކުރާ އެއް ބަޔެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޗައިނާގެ 1.4 ބިލިއަން އާބާދީން 20 އިންސައްތަ މީހުންނަށް ވެކްސިން ގަތުމަށް ހުށަހަޅައިފިނަމަ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ޗައިނާ އިން ކޮވިޑް-19 އަށް ހަތަރު ވެކްސިނެއް އަންނަނީ އުފައްދަމުންނެވެ. މި ވެކްސިންތައް ޗައިނާގެ އެތެރޭގައި މިހާރު ވެސް ބޭނުން ކުރަމުން އަންނައިރު ޗައިނާ އިން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ޑަބްލިޔުއެޗްއޯއާއެކު ވާހަކަތައް ދައްކަމުންނެވެ.

އަމިއްލަ އަށް ފައިސާ ކޮވެކްސް ފެސިލިޓީގައި އިންވެސްޓް ކުރާ ގައުމުތަކަށް އެ ގައުމުތަކުގެ އާބާދީގެ 10 އާއި 15 އިންސައްތަ އާ ދެމެދުގެ އަދަދަކަށް ވެކްސިން ލިބިގެންދާނެއެވެ. މި ފެސިލިޓީއަށް ފަންޑު ކުރާ ގައުމުތަކަށް ދިގު މުއްދަތަކަށް އާބާދީގެ 20 އިންސައްތަ އަށް ވާވަރަށް ވެކްސިން ލިބޭނެއެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
14 މާރިޗު 2017

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު