Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަމާނީ ފެންވަރުގެ ބިލިއާޑް ފެސިލިޓީ

ކުޅިވަރާ ބެހޭ ވަޒީރު ބިލިއާޑް ކުޅުންތެރިން އުފަލުން ހެއްވާލައިފި

10 އޮކްޓޯބަރު 2020 | ހޮނިހިރު 10:30

ހުޅުމާލެ ފެސިލިޓީގައި ބިލްއާޑުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތް ވަނީ ހަމަޖައްސާފައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 10 އޮކްޓޯބަރު 2020 | ހޮނިހިރު 10:30
ސަރުކާރުން ބިލްއާޑް ކުޅުންތެރިންނަށް ހުޅުމާލޭގައި ގާއިމުކޮށްދިން ފެސިލިޓީ

ސަރުކާރުން ބިލްއާޑް ކުޅުންތެރިންނަށް ހުޅުމާލޭގައި ގާއިމުކޮށްދިން ފެސިލިޓީ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ފެސިލިޓީއެއް ގާއިމުކޮށް، އެ ތަނުގައި ބިލްއާޑުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތް ހަމަޖައްސައި ފަރިތަކުންތައް ފަށައިފިއެވެ.

މީގެ ކުރިން ވަރަށް ދަތިކޮށް ވަސީލަތްތައް ގާއިމުކުރެވިފައިވާ ބިލްއާޑަށް ރަނގަޅު ފެންވަރުގެ ފެސިލިޓީއެއް ސަރުކާރުން ގާއިމްކޮށްފައިވާއިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަކި ކުޅިވަރަކަށް ވަކި ގޮތަކަށް ނޫން ކަމަށާއި، ހުރިހާ ކުޅިވަރަކަށްވެސް ޒަމާނީ ވަސީލަތްތައް ގާއިމުކޮށް، އެ ކުޅިވަރެއްގެ ކުޅުންތެރިންނަށް ހޯދައިދެވޭނެ އެންމެ ރަނގަޅު ވަސީލަތް މި ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ފެސިލިޓީއެއް ބިލިއާޑަށް ހަމަޖެއްސިއިރު، މާލޭގެ އެމްޕީބީއޭ ކުލަބު ހައުސް އަންނަނީ ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭއިރު ވޯލްޑް ޗެމްޕިއަންޝިޕް އަދި ބައިނަލްއަގުވާމީ ފެންވަރުގެ ބިލްއާޑް މުބާރާތްތައް އެތަނުގައި ކުޅެވިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި އެމްޕީބީއޭއަށް ލިބުނު ފެސިލިޓީއަކީ މާލޭގައި ކުރިން އެ އެސޯސިއޭޝަނަށް ލިބުނު ފެސިލިޓީއަށް ވުރެންވެސް ބޮޑު އަދި ޖާގަވެސް ތަނަވަސް ތަނެއް ކަމަށް އެމްޕީބީއޭއިން ބުނެއެވެ. ކުރިން މާލޭގައި ހަތަރު މޭޒު ބަހައްޓައިގެން ބިލްއާޑް މުބާރާތްތައް ބާއްވަމުން އައިރު، އަލަށް ހުޅުމާލެއިން ލިބިގެންދިޔަ ފެސިލިޓީގައި ހަ މޭޒު ބެހެއްޓޭ ކަމަށް އެމްޕީބީއޭއިން ބުނެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމިުގައި ވާހަކަ ދައްކަމުން އެމްޕީބީއޭގެ ނައިބު ރައީސް އަޙްމަދު މާހިދު ވިދާޅުވީ ސަރުކާރުން ހާއްސަކޮށް، ކުޅިވަރާ ބެހޭ ވަޒީރުގެ އިސްނެގުމާއެކު ބިލްއާޑަށް ލިބިގެންދިޔަ ވަސީލަތަކީ ދުވަހަކުވެސް މީގެ ކުރިން ލިބިގެންދިޔަ ވަސީލަތްތަކެއް ނޫން ކަމަށެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އަލަށް ހެދިގެންދިޔަ ފެސިލިޓީގެ ބޭނުން ބިލްއާޑުގެ އާއިލާއަށް ހުޅުވާލާފައިވާއިރު، ތަން ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނީ މެންބަރުންނަށް ކަމަށް އެމްޕީބީއޭއިން ބުނެއެވެ. ބިލްއާޑުގެ މެންބަރުކަން ސީރިއަސްކޮށް ކުޅެން ބޭނުންވާ ކޮންމެ މީހަކަށްވެސް ލިބިގެންދާނެ ކަމަށާއި، މެންބަރުންނަށް ކުޅެވޭ ގޮތަށް ހަދާފައިވަނީވެސް ސީރިއަސްކޮށް ބިލއާޑް ކުޅޭނެ ކުޅުންތެރިން ނެރުމަށް ކަމަށް މާހިދު ވިދާޅުވިއެވެ.

ގައުމީ ބިލިއާޑް ޓީމުގައި ހިމެނޭ ހުސައިން ސަނީފް ބުނީ ހުޅުމާލޭގައިވެސް ބިލްއާޑް ކުޅޭ ވިހި ވަރަކަށް ކުޅުންތެރިން ތިބިއިރު، އަލަށް ލިބުނު ފެސިލީޓީއާއެކު އެއީ ބިލްއާޑް ކުޅިވަރެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ބުނީ މިއަދު ބިލްއާޑް އާއިލާ އޮތީ ވަރަށް އުފަލުން ކަމަށާއި، މީގެ ކުރިން ބިލްއާޑް ކުޅުމަށް ކުޅުންތެރިން އުފުލި ބުރަ ފިލައިގެން ގޮސް، އެންމެ ޒަމާނީ ވަސީލަތް ހުރި ކުޅިވަރަށް ބިލްއާޑް ވަމުންދާއިރު، މިއީ މުޅި ބިލްއާޑަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން މިހާރު އެންމެ އެދެނީ މީގެ ކުރިން ގައުމީ ޓީމަށް އިރުޝާދުދިން ފެންވަރުގެ ބިދޭސީ ކޯޗެއް ދިގު މުއްދަތަކަށް ލިބިގެންދިޔުން ކަމަށާއި، އައު ވަސީލަތްތައް ލިބި، ގައުމީ ޓީމަށް އެފަދަ ކޯޗެއް ލިބިގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް ސަނީފް ބުންޏެވެ.

ބިލިއާޑް އެސޯސިއޭޝަނުގެ ހުޅުމާލެ ފެސިލީޓީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ކުޅޭ ފެންވަރަށް މާލޭގައި ގާއިމުކުރަމުންދާ ބިލްއާޑް ހައުސް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީބީއޭޭއިން ވަނީ ބުނެފައެވެ.

އަދި ރަސްމީކޮށް ހުޅުވުމާއެކު ބިލްއާޑް ފެސިިލިޓީތައް ބޭނުން ކުރުމަށް މެންބަރުންނަށް ހުޅުވާލެވިގެންދާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
11 ފެބުރުއަރީ 2017

ގައުމީ ފެތުންތެރިންނަށް ސިއްހަތާ ބެހޭ ސެމިނާއެއް

11 ފެބުރުއަރީ 2017
ގައުމީ ފެތުންތެރިންނަށް ސިއްހަތާ ބެހޭ ސެމިނާއެއް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް