Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮންޑާ ބަންދުން ދޫކޮށްލުން

ބޮންޑާ ބަންދުން ދޫކޮށްލައިފި

9 އޮކްޓޯބަރު 2020 | ހުކުރު 13:33

ބޮންޑާ ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު، މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ދަށުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 އޮކްޓޯބަރު 2020 | ހުކުރު 13:33
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ): މިދިއަ ހޮނިހިރު ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮަޕަރޭޝަނެއްގައި ހައްޔަރުކުރި، ނަމަވެސް މިހާރު މިވަނީ ދޫކޮށްލާފައި

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ): މިދިއަ ހޮނިހިރު ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮަޕަރޭޝަނެއްގައި ހައްޔަރުކުރި، ނަމަވެސް މިހާރު މިވަނީ ދޫކޮށްލާފައި

މިދިއަ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ބަންދުން ދޫކޮށްލައިފިއެވެ.

ބޮންޑާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އައްޑޫގައި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 14 މީހަކު ހައްޔަރުކޮށްފައެވެ.

Advertisement - newsAdvertisement

ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކުރިއިރު ދެން ތިބި ގިނަ މީހުންގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

ބޮންޑާގެ ބަންދަށް ޖެހި ފަސް ދުވަސް ހުކުރު ދުވަހަށް (މިއަދަށް) ހަމަވެފައިވާއިރު، އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމަކާ ނުލައި ކަމަށް ވެއެވެ. ބޮންޑާ ދޫކޮށްލާފައިވާކަން އޭނާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމްވީލް ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ބޮންޑާ ހައްޔަރުކުރި ދުވަހު، އޭނާގެ ގާނޫނީ ވަކީލު ޝަމީލް ވިދާޅުވެފައިވަނީ، ބޮންޑާ ހައްޔަރު ކޮށްފައިވަނީ "ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު" ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާގައިވާ ޚަބަރަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމުގައެވެ. އަދި ބޮންޑާ ހައްޔަރުކޮށްފައިވަނީ ހިތަދޫއިން ކަމަށާއި، އޭނާ ހައްޔަރުކުރިއިރު އޭނާގެ އަތުން ނުވަތަ ގުޅުންހުރި އެއްވެސް ތަނަކުންވެސް އެއްވެސް ޒާތެއްގެ މަސްތުވާއެއްޗެއް ފެނިފައި ނުވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވެފައި ވެއެވެ. ޝަމީލް އިތުރަށް ވިދާޅުވީ، މަސްތުވާތަކެއްޗާ އެއްވެސް އިރެއްގައި ބޮންޑާއާ އެއްވެސް ގުޅުމެއް ނޯންނާނެކަމުގެ ޔަޤީންކަން ބޮންޑާގެ ފަރާތުން އަރުވާ ކަމަށެވެ.

އައްޑޫ ސިޓީ ކައިރިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލާގައި މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، އައްޑޫގައި ހަރަކާތްތެރިވާ ޑްރަގް ނެޓްވޯކްގެ ބައެއް ޔަކަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ) ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި

24 އެޕްރީލު 2017
ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި
19 އެޕްރީލު 2017

ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި

19 އެޕްރީލު 2017
ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި
18 އެޕްރީލު 2017

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފި

18 އެޕްރީލު 2017
އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފި
12 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި
03 އެޕްރީލު 2017

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

03 އެޕްރީލު 2017
މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
27 މާރިޗު 2017

ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި

27 މާރިޗު 2017
ފޯނު އަތުލުމަށް ފަހު ރިޔާޒު ދޫކޮށްލައިފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް