Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާގެ ޝަރީއަތުގެ އަޑުއެހުން

އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

9 އޮކްޓޯބަރު 2020 | ހުކުރު 12:32

ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 13:30 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 އޮކްޓޯބަރު 2020 | ހުކުރު 12:32
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށް އާޒިމާ ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ (ފައިލް ފޮޓޯ)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށް އާޒިމާ ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ (ފައިލް ފޮޓޯ)

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމާ ގުޅޭ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލް ކޮށްފައިވަނީ މެންދުރުފަހު 13:30 އަށެވެ.

Advertisement - newsAdvertisement

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާކުރުމާ ގުޅޭ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިއަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުން ބޭއްވި ނަމަވެސް 15 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިއުމަށްފަހު ނިންމާލާފައިވަނީ އާޒިމާ އެ ދުވަހު 14:00 އަށް ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހޭކަން ކޯޓަށް އަންގާފައިވާތީ އެވެ. ހޮސްޕިޓަލަށް ވަޑައިގެންނެވުމުގެ ފުރުސަތު އާޒިމާއަށް ދެއްވުމުގެ ގޮތުންނެވެ.

އެ ދުވަހުގެ ޝަރީއަތް ފެށުމުގެ ގޮތުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، އެ އަޑުއެހުމަށް ވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށް ވިދާޅުވެ، އާޒިމާގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ދައުލަތުން ވިދާޅުވަނީ ކީކޭތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ސިޓީގައި ވާއެއްޗެއް އެނގިގެން ނޫނީ ދައުލަތަށް ޖަވާބުދޭން ދަތި ކަމަށެެވެ.

އާޒިމާ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ އައިޝަތު ފަޒުނާ އަހުމަދު ވިދާޅުވީ، އޭނާ އާޒިމާގެ ގާނޫނީ ވަކީލުކަމާ ހަވާލުވީ ވަރަށް ފަހުން ކަމަށާއި އެހެންކަމުން، ދެން ބޭއްވޭ ޝަރީއަތުގެ އަޑުހުމަށް ތައްޔާރުވުމަށް ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ ނަމަވެސް މި އަހަރުގެ މާރޗު މަހުގެ 8 ވަނަ ދުވަހު ބޭއްވި، އެންމެފަހު އަޑުއެހުމުގައި އާޒިމާއަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް، މަރޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދެއްވާފައެވެ.

ގާޒީ ވިދާޅުވީ، މިހާރުވެސް މި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ނުގެންދެވި ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އާޒިމާގެ ވަކީލު ފަޒްނާ ވިދާޅުވީ 15 ދުވަސް ދެއްވުން އެދޭ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ކަމަށާއި ދެފަރާތުން ވެސް ތައްޔާރުވެގެން ވަޑައިގެންނެވުމަށެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގއަށް މަގު ފަހިކޮށްދިނުމުގެ ދައުވާ އެކެވެ. މިދެ ދައުވާ ކްރިމިނަލް ކޯޓަށް ބަލައިގެންފައިވަނީ 2019 ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި ގޮތެއް ނުނިންމި އޮންނަތާ 19 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދޭތެރެއަކުން އަޑުއެހުމެއް ތާވަލް ކުރި ނަމަވެސް އަޑުއެހުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭ ތަނެއް ނުފެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް