Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް ކޮލިފައިންގ

ކޮލިފައިންގެ ފުރަތަމަ މެޗުން އާޖެންޓީނާއަށް ހަނި މޮޅެއް

9 އޮކްޓޯބަރު 2020 | ހުކުރު 08:13

އެކުއެޑޯ އަތުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޮކްޓޯބަރު 2020 | ހުކުރު 08:13
އާޖެންޓީނާ އާއި އެކުއެޑޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 1-0 ން

އާޖެންޓީނާ އާއި އެކުއެޑޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 1-0 ން

ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުން އެކުއެޑޯ އަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅުނުއިރު، މިއީ މިދިޔަ އަހަރު ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ރަތް ކާޑު ދެއްކި ފަހުން އާޖެންޓީނާގެ ރަސްމީ މެޗެއްގައި މެސީ ކުޅުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެސީއަށް ރަތް ކާޑު ދެއްކީ ޗިލީގެ ގެރީ މެޑެލްއާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެ މައްސަލައިގައި މެސީ އެއް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 1،500 ޑޮލަރުން ޖޫރިމަނާ ކުރަން ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލުން ނިންމިއެވެ.

ކޮޕަ އެމެރިކާއަށް ފަހު އާޖެންޓީނާއިން މީގެ ކުރިން ރަސްމީ މެޗެއް ކުޅެފައި ނުވި ނަމަވެސް، މެސީގެ ސަސްޕެންޝަން އުވުނީ ސަސްޕެންޝަން ދިން މުއްދަތުގެ ތެރެއިން އެއް އަހަރު މިހާރު ފާއިތުވެފައި ވުމާއެކުއެވެ.

ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެކަމަކު މި ހާފުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ އޭރިއާ ތެރެއިން ލޫކަސް އޮކަމްޕޯސްއަށް އެކުއެޑޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހަން ދެ ޓީމަށްވެސް ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެންމެ ހުސް ފުރުސަތެއް ލިބުނީ އާޖެންޓީނާގެ އޮކަމްޕޯސް އަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އެކުއެޑޯގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ފެށިއިރު، ބުރާސްފަތި ދުވަހުގެރޭ ޕެރަގުއޭ އާއި ޕެރޫ ބައްދަލުކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. އަދި އުރުގުއޭ ވަނީ 2-1 ން ޗިލީ ބަލިކޮށްފަައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް