Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުރަބަންދު އުސޫލަށް އަމަލުކުރުން

މޮނިޓަރިންގެ ހާލަތަށް ލެވޭ ރަށްތަކަށް ފުރަބަންދަށް ނުދިއުމަށް އެދިއްޖެ

ފުރުމުގެ ކުރިން މީޑިއާ ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް މައުލޫމާތު ހޯދުމަށް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 11:40
މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށް އަރާ ފޭބުމަކީ މަނާކަމެއް

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކަށް އަރާ ފޭބުމަކީ މަނާކަމެއް

ކޮވިޑްގެ ކޭސްތައް ފެނި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަށް ފުރަބަންދުވުމަށް ނުދިއުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީސޯއީ) އިން އެދިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޓޯލް ކްލަސްޓާއާއި ހަވާލުވެ ހުންނެވި އަބްދުﷲ މައުރޫފް ވިދާޅުވީ އެޗްއީއޯސީން ހުއްދައާއެކު ހޯމް ކަރަންޓީނަށް ދަތުރަށް ފުރާ އިރު ހޯމް ކަރަންޓީންތަކަށް ދާ ފަރާތްތަކުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަން ނޭގި ދަތުރުކުރަމުންދާ ކަމަށެވެ. އަދި ވަރަށް ފަހުން ބޮޑުތިލަދުންމަތި މޮނިޓަރިންއަށް ލެވުނު އިރު ފުރަބަންދަށް ރަށަށް ދިއުމަށްޓަކައި ބައެއް ފަރާތްތަކުން ރަށްރަށަށް ދަތުރު ކުރަމުންދިޔަކަން ފާހަގަ ކުރެވުނު ކަމަށެވެ.

މައުރޫފް ވިދާޅުވީ އެޗްއީއޯސީން ހުއްދަ ދީފައިވީ ނަމަވެސް އެ ސެންޓަރުގެ އިލްތިމާސަކީ ފުރުމުގެ ކުރިން މީޑިއާތަކުން ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް ނަމަވެސް އެ ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައިތޯ ނުވަތަ ނޫންތޯ ބެލުމަށްފަހުގައި ދަތުރު ކުރުމަށެވެ.

ފުރަބަންދަށް ރަށްރަށަށް ދާއިރުގައި ހުރިހާ ބޭފުޅުން ވެސް ފުރަބަންދުގެ އުސޫލާއި އެއްގޮތަށް އަމަލު ބެހެއްޓުމަށް ވެސް މައުރޫފް ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިހާތަނަށް އަތޮޅު ތެރޭގެ ކޭސްތައް ފެނިފައި ހުރީ ފުރަބަންދަށް މާލެއިން ނުވަތަ މާލެ ސަރަހައްދުން ގޮސްފައި ހުރި ކޭސްތަކަށް ވާތީ އެ ކޭސްތަކުގެ އިތުރު ކޮންޓެކްޓްސް ވަރަށް މަދު ހާލަތެއްގައި މެނުވީ ގިނަވެގެން ނުދާ ކަމަށެވެ. އަދި ފުރަބަންދުގެ ތެރޭގައި އަމަލުތައް ބެހެއްޓޭ ގޮތަކުން ރަށެއްގައި ކޭސްތައް އިތުރުވިޔަ ނުދިނުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް މިހެން ވިދާޅުވެފައިވާ އިރު، ފަހަކަށް އައިސް ރަށްރަށަށް ހޯމްކަރަންޓީނަށްދާ ފަރާތްތަކުން ކަރަންޓީންގެ އުސޫލާ ހިލާފުވުމުގެ ސަބަބުން ކޮންޓެކްޓވާ ފަރާތްތަށް ގިނަވެ ކޭސްތައް އިތުރުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރަށެއް ނުރައްކަލަކަށް ހުށަހެޅިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެފަދަކަމެއްވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އެޗްއީއޯސީން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު