Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕަށް ގަތަރުން ވަމުންދާ ތައްޔާރީތަކަށް އިންފަންޓީނޯގެ ތާރީފު

7 އޮކްޓޯބަރު 2020 | ބުދަ 18:08

ވޯލްޑް ކަޕް ކުރިއަށްދާނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21ން ޑިސެމްބަރު މަހުގެ 18ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 އޮކްޓޯބަރު 2020 | ބުދަ 18:08
ވޯލްޑް ކަޕަށް ގަތަރުން ވަމުންދާ ތައްޔާރީތައް އިންފަންޓީނޯ ބައްލަވާލައްވަނީ

ވޯލްޑް ކަޕަށް ގަތަރުން ވަމުންދާ ތައްޔާރީތައް އިންފަންޓީނޯ ބައްލަވާލައްވަނީ

ކޮވިޑް-19 ގެ ހާލަތުގައިވެސް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އެ ގައުމުން ވަމުންދާ ތައްޔާރީތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތާރީފުކުރައްވައިފިއެވެ.

އާންމު ގޮތެއްގައި ވޯލްޑް ކަޕް ހޫނު މޫސުމުގައި ބާއްވަ ނަމަވެސް، ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21ން ޑިސެމްބަރު މަހުގެ 18ގެ ނިޔަލަށެވެ.

ކޮވިޑް-19 ގެ ހާލަތުގައިވެސް ގަތަރުން އަންނަނީ ވޯލްޑް ކަޕަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ދާދި ފަހުން އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕަށް ގަތަރުން އެކުލަވާލި ޕްލޭން ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވި ކަމަށާއި، މުބާރާތަށް ގަތަރުން ވަރަށް ފުރިހަމަކަމާއެކު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މުބާރާތުގެ ކުރިން މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އަށް ސްޓޭޑިއަމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، ކޮވިޑް-19 ގެ މި ދަނޑިވަޅުގައިވެސް ގަތަރުން ކުރަމުން އަންނަ މަސައްކަތަށް ތާރީފު ހައްގު ކަމަށްވެސް ވިދާޅުވިއެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ސަޕޯޓަރުންނާއި މީޑިއާއަށް އެއްފަހަރާ ބެލޭނީ ކޮންމެ ދުވަހަކުވެސް ދެ މެޗެވެ.

ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ ގަތަރުގެ ދޯހާގެ އަލް ބައިތު ސްޓޭޑިއަމުގައެވެ. އެ ދަނޑަކީ 60،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗު ކުޅޭނީ 80،000 މީހުންގެ ޖާގައިގެ ލުސައިލް ސްޓޭޑިއަމުގައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ ތާރީޚީ ވޯލްޑް ކަޕަކަށް ހެދުމަށް ގަތަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ގަތަރު ވޯލްޑް ކަޕްގެ ސީއީއޯ ނަސީރު އަލް ޚަތެރު މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ގަތަރު ވޯލްޑް ކަޕް ވެގެންދާނީ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއަކަށް ކަމަށާއި، ސަޕޯޓަރުންނަށް ގަތަރު ވޯލްޑް ކަޕަކީ ތަފާތު ވޯލްޑް ކަޕަކަށް ހެދުމަށް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކުޅޭނީ ފަސް ސިޓީއެއްގެ އަށް ދަނޑެއްގައެވެ. މުބާރާތުގައި ޖުމްލަ 32 ޓީމު ވާދަކުރާނެއެވެ. މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ގަތަރަށް ލިބުނީ އެމެރިކާ އާއި، ސައުތު ކޮރެއާ އާއި، ޖަޕާން އަދި އޮސްޓްރޭލިއާއާ ވާދަކޮށްގެންނެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް