Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ބާސާ އަށް ލަނޑުދީ އެޓީމު ކަޓުވާލުމަށްފަހު ޔުވަންޓަސް ސެމީއަށް

މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުން މޮޅުވީ ޔުވަންޓަސް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 07:53
މެޗަށްފަހު ޔުވަންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ

މެޗަށްފަހު ޔުވަންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ލަނޑުދިނުމަށްފަހު، އެޓީމު ކަޓުވާލާ ޔުވަންޓަސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބާސާ އަދި ޔުވަންޓަސް 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފައިވާއިރު، އެފަހަރު ޔުވަންޓަސްއަށް ލަނޑު ދިނުމަށްފަހު ބާސާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އެހެން ނަމަވެސް މިފަހަރު ބާސާ ކަޓުވާލުމަށްފަހު އެޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފައި ވިއްދާލާފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސާ އަދި ޔުވަންޓަސް ބައްދަލުކުރި ދެވަނަ ލެގު 0-0 ގެ ނަތީޖާއިން އެއްވަރުވި ނަމަވެސް ފުރަތަމަ ލެގުގައި ޔުވަންޓަސް ދަނޑުގައި އެޓީމު 0-3 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމާއެކު، އެގްރިގޭޓް ނަތީޖާއިން ޔުވަންޓަސް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.

ބާސާ ދަނޑުގައި ކުޅުނު ދެވަނަ ލެގު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީވެސް އެޓީމުންނެވެ. އެގޮތުން ފުލުފުލުގައި ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއްވެސް ބާސާ އަށް ވަނީ ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ބާސާގެ މެސީ، ނޭމާ އަދި ސުއަރޭޒް އަށްވެސް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ޔުވަންޓަސްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެންދިޔަ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރި އެވެ. ޔުވަންޓަސްގެ ހާފަށް ބޯޅަ ގިނަކޮށް ބާސާ އިން އުފައްދަމުންދިޔަ ހަމަލާ ޔުވަންޓަސް އިން ދިފާއުކޮށްފައިވާއިރު، ހުސް ގިނަ ފުރުސަތުތަކެއްވެސް ބާސާ އަށް ވަނީ މި ހާފްގައިވެސް ލިބި ބޭކާރުވެފައެވެ.

ބާސާގެ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ބާސާ ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 15 މެޗުގައިވެސް އަމިއްލަ ދަނޑުގައި މޮޅުވެފައެވެ. އެހެންނަމަވެސް ޔުވަންޓަސް އަތުން އެޓީމު އެއްވަރުވުމާއެކު އެކަމަށްވެސް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. މީގެއިތުރުން ބާސާ ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާފައެވެ. އެހެންނަމަވެސް ޔުވަންޓަސް ކޮޅަށް އެޓީމަށް ލަނޑެއްޖެހިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު