Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީން ޕީއެސްޖީއާ ގުޅުން

އެވަޓަނުގެ ޒުވާން ފޯވާޑް ކީން ޕީއެސްޖީއަށް

5 އޮކްޓޯބަރު 2020 | ހޯމަ 09:32

ކީން ޕީއެސްޖީއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އޮކްޓޯބަރު 2020 | ހޯމަ 09:32
ޕީއެސްޖީއާ ގުޅުނު އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީން

ޕީއެސްޖީއާ ގުޅުނު އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީން

އެވަޓަނަށް ކުޅެމުން އަންނަ އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީން ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

އުމުރުން 20 އަހަރުގެ ފޯވާޑް ޕީއެސްޖީއާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ.

ޕީއެސްޖީއާ ގުޅުމަށްފަހު ކީން ބުނީ ޕީއެސްޖީއަށް ބަދަލުވެވުމަކީ އޭނާއަށް ފަޚުރެއް ކަމަށެވެ. އަދި ޕީއެސްޖީއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު އެއް ކުލަބު ކަމަށާއި، މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށް އެ ކުލަބުން އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންނާއެކު ޕީއެސްޖީގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ބޭނުންވާ ކަމަށްވެސް ކީން ބުންޏެވެ.

ޕީއެސްޖީން ކީންގެ ސޮއި ހޯދިއިރު، އޭނާ އެންމެ ފުރަތަމަ ވިދާލީ ފުޓްބޯޅަ ކެރިއަރު ފެށި ޓީމު ކަމަށްވާ ޔުވެންޓަސްއިންނެވެ. އެގޮތުން ޔުވެންޓަސްއަށް ކުޅެދިން 21 މެޗުގައި އަށް ލަނޑު ޖެހި ކީން ވަނީ އެ ޓީމާއެކު އިޓާލިއަން ލީގު ދެ ފަހަރު އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން މިދިޔަ އަހަރު ކީން އެވަޓަނާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 27.5 މިލިޔަން ޔޫރޯއަށެވެ. އެކަމަކު އެވަޓަނުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް އެވަޓަނަށް ކުޅެދިން 37 މެޗުގައި ކީންއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ހަތަރު ލަނޑެވެ.

ލޯނު އުސޫލުން ޕީއެސްޖީން ކީންގެ ސޮއި ހޯދިއިރު، އެ ޓީމުން މި ޓްރާންސްފާ ބާޒާރުގައި ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ރޯމާއަށް ކުޅެމުން އައި އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ފްލޮރެންޒީ އާއި ޕޯޓޯއަށް ކުޅެމުން އައި ޕޯޗުގަލުގެ މިޑްފީލްޑަރު ޑެނީލޯ ޕެރޭރާގެ ސޮއިވެސް ހޯދާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
19 ޖޫން 2017

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017
ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް