Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާސްޕޯޓް ހިފެހެއްޓުން

ރިލްވާންގެ މައްސަލައިގައި ވަގު ލިޔުންތައް ތައްޔާރުކުރަން އުޅުނު ކުރީގެ ފަނޑިޔާރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ބޯޑަރު ހުޅުވިފަހުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު، އަނބުރާ ރާއްޖެ ވަޑައިގެންނެވިފަހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2020 | ހޯމަ 06:40
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ: ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީ: ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ދޮގު ޑޮކިއުމެންޓެއް ތައްޔާރު ކުރަން އުޅުނު، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ހައިކޯޓުގެ ކުރީގެ ފަނޑިޔާރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

Advertisement - newsAdvertisement

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ދޮގު ޑޮކިއުމެންޓެއް ތައްޔާރުކުރަން އުޅުނު، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، މަރު ކޮމިޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ނެވެ.

ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑުރު، މިއަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވާލުމުން ހަސަން އަލީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކަމަށް ވެއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި، ހަސަން އަލީގެ ޕާސްޓް ހިފަހައްޓާފައިވަނީ، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު، އަނބުރާ ރާއްޖެ ވަޑައިގެންނެވުމުން ނެވެ.

ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިކުރަން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިންނާއި ރައްޔިތުންގެ މަޖިލީހުން ނިންމައި، މަޖިލީހުގައި އެކަމަށް ނަގަންޖެހޭ ވޯޓަށް އެހުމުގެ ކުރިން އޭނާ ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ދާދިފަހަކާ ޖެހެންދެން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ހަސަން އަލީގެ މައްޗަށް ކުރެވެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުންނާއި ގުޅިގެން ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރަން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެކެވެ. އެ ޑޮކިއުމެންޓް ތައްޔާރުކުރަން އުޅުނީ ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައެވެ. ކުރީގެ ފަނޑިޔާރު ހަސަން އަލީ އޭރު ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހަސަން އަލީ ހުންނަވަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސަމާލުކަމަށް މި މައްސަލަ ގެނައީ ވެސް މަރު ކޮމިޝަނުންނެވެ. މަރު ކޮމިޝަނުން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ޖޭއެސްސީން ވަނީ ހަސަން އަލީ ފަނޑިޔާރު ކަމުގެ މަސްއޫލިއްތާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައެވެ.

ޖޭއެސްސީން ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިދިއަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަން އަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެބަޔާނުގައި ޖޭއެސްސީން ބުނެފައިވަނީ، ފަނޑިޔާރު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުގެ އަޑުއެހުމަށް ހާޒިރުވުމަށް އަމުރު ފޮނުވާފައިވަނިކޮށެވެ.

ޖޭއެސްސީން އަމުރު ފޮނުވާފައިވަނީ ހަސަން އަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ފަހު އަޑުއެހުމަށެވެ. ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ، ފަހު މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ވެސް ކުރިއަށް ގެންދަނިކޮށެވެ. އޭރު އޭނާ ފަނޑިޔާރު ކަމުގެ މުސާރަ ނަންގަވައިގެން ގޭގައި ހުންނަތާ ވެސް 10 މަސްދުވަސް ވަނީ ވެފައެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ މަރޗް މަހުގެ 18 ވަނަ ދުވަހުގައެވެ. އޭނާ ވަނީ ކުރިން ހައި ކޯޓުގެ ރަޖިސްޓްރަރގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ކެމްޕެއިންތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން މަރު ކޮމިޝަނުން ބުނީ، ކުރީގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށާއި، އެ ކޮމިޝަނުން މިފަދަ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުވެސް އަޅަމުންދާ ކަމަށެވެ. ނަމަވެސް، ރިލްވާން ވަގަށް ނަގައި މާރަލި މައްސަލައިގައި، މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނީ މުޅި މައްސަލައިގެ ތަހުގީގު އެއްކޮށް ނިމުމުން ކަމަށް ވެސް މަރު ކޮމިޝަނުން ބުނެއެވެ.

ރިލްވާންގެ މަރާ ގުޅިގެން ކުރާ ތަހުގީގާ ގުޅިގެން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ކޮމިޝަނުން އަންނަނީ ބޭރުގެ ފަންނީ މާހިރެއް އައްޔަނުކޮށްގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ނިންމާފައެވެ. މަރު ކޮމިޝަންގެ ތަހުގީގަށް ބޭރުގެ ފަންނީ މާހިރަކު އައްޔަންކުރަން ރައީސް ޞާލިހު އަރިހުގައި އެދުނީ ރިލްވާން އާއި، އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު