Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް: އަދީބުގެ ޝަރީއަތް

އެމްއެމްޕީއާރުސީގެ ހިޔާނާތް: އަދީބުގެ ދައުވާތައް ސާބިތުވާ ކަމަށް ނިންމައި، ހުކުމް ކުރުން މިއަދު އިރުއޮއްސި 6 ޖަހާއިރު!

5 އޮކްޓޯބަރު 2020 | ހޯމަ 07:32

އަދީބު ވިދާޅުވެފައިވަނީ އޭނާ ކަންކަން ކުރަމުންދިޔައީ، ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 އޮކްޓޯބަރު 2020 | ހޯމަ 07:32
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ)

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ)

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އިބްތިދާއީ މަރުހަލާގެ އަޑުއެހުމުގައި އިއުތިރާފްވެފައިވާތީ، އަވަސް ނިޔާގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ވެސް، އެ އިއުތިރާފް އަދީބު ދަމަހައްޓާކަމަށް ވިދާޅުވުމުން، ހޯމަ ދުވަހުގެ (މިއަދު) އިރު އޮއްސި 06:00 ގައި ހުކުމް ކުރުމަށް ނިންމައިފި އެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި ވެސް ކުށަށް އިއުތިރާފްވެފައިވާތީ، ޝަރީއަތުން ވަނީ އަދީބުގެ އިއުތިރާފް ބަލައިގަންނަން ނިންމައި، ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވޭނެ ކަމަށް މިމައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވުމުން ދައުލަތުގެ ގާނޫނީ ވަކީލާ ވަނީ ތަކުރާރުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ޝަރީއަތުން ވެސް ދައުވާ ރައްދުވާ ފަރާތުންގެ އިއުތިރާފް ބަލައިގަންނަ ކަމަށް ނިންމާފައިވާތީ، މިއަދުން މިއަދަށް ހުކުމް ކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

Advertisement - newsAdvertisement

ގާޒީ ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހަށް ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ލަސްކޮށްލަން ނިންމީ ދައުވާތަކުގެ ހުކުމްތައް ވަކިވަކިން ލިޔަށް ވަގުތު ބޭނުންވާތީ ކަމަށެވެ. ނަމަވެސް ދައުލަތުން ފާހަގަ ކުރައްވާ ކަންކަން ގާޒީއަށްވެސް ފާގަހަކުރެވޭ ކަމަށް ވިދާޅުވެ، ގާޒީ ވަނީ އެކަމަށް ގޮތެއް ނިންމުމަށް ޝަރީއަތް މެދު ކަނޑާލައްވާފަ އެވެ.

ޝަރީއަތުގެ އަޑުއެހުން އަލުން ފެށުމަށްފަހު، ގާޒީ ވިދާޅުވީ، މި ދައުވާތަކާއި ގުޅިގެން އަދީބުގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ހޯމަ ދުވަހުގެ އިރު އޮއްސި 6 ޖަހާއިރު، ބޭއްވޭނެ ކަމަށެވެ.

ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ވެސް، ދައުވާތަކުގެ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ދައުލަތުން ވަނީ އިތުރަށް ތަފްސީލް ކޮށްދެއްވާފަ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާ އަކީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

މިދިއަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، ދައުވާތަކަށް އިއުތިރާފްވާ ކަމަށެވެ. މީގެއިތުރުން ޕީޖީއާއި އަދީބުއާ ދެމެދު ވެވިފައިވާ އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން ވެސް ދެފަރާތުން ވާހަކަ ދެއްކެވިއެވެ. އިއުތިރާފްގެ އެއްބަސްވުމާ ގުޅޭގޮތުން، އަދީބު ވިދާޅުވީ، އެއީ ސައްހަ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.

އެހެންކަމުން ގާޒީ ވަނީ ޝަރީއަތަށް އެ އިއުތިރާފްގެ އެއްބަސްވުން ބަލައިގަންނަކަމަށް ނިންމަވާފަ އެވެ.

ނަމަވެސް އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ، މިހާރު ވެވިފައިވާ އިއުތުރާފުގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް ޕީޖީއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އަދީބު ވިދާޅުވީ، މިހާރު ވެފައިވާ އިއުތިރާފްގެ އެއްބަސްވުމާއެކު، އެދައުވާތަކާއި ގުޅިގެން އަންނަ އަދަބުތަކަށް އިތުރަށް ލުއިލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ އޭނާގެ ބަލި ހާލަތާއި ގުޅިގެންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ބޭނުންނުވެ، އޭނާއާ ވަކި ބައެއް މިމައްސަލާގައި ޖަލަށްލުމަށް ބޭނުންވުމުން، އޭރު އެއްބާރުލުން ނުދިން ނަމަވެސް، ސަރުކާރު ބަދަލުވުމުން މިސަރުކާރަށް އެއްބާރުލުން ދެމުންދަނީ، މިސަރުކާރުން އިހުލާސްތެރިކަމާއެކު މިމައްސަލަތައް ބަލަން ބޭނުންވާތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ހަމައެކަނި އޭނާއާ ހަމައިން ނިމޭނެ މައްސަލައެއް ނޫންކަމަށާއި، އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަށް ކުއްޔަށް ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އޭނާ އަމިއްލައަށް އެއްވެސް ރަށެއް ވިއްކާ ފައިސާ ނަގާފައި ނުވާނެ ކަމަށާއި، އެހުރިހާ މުއާލަމާތްތަކެއް ހިންގަމުންދިޔައީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، 2012 އާއި 2013 ވަނަ އަހަރުވެސް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ކަމަށާއި، އޭރު ރަށްތަށް ކުއްޔަށް ދޫކުރަމުން ދިޔައީ ބިޑް ކޮށްގެން، ދެފުއް ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މެންޑޭޓަށް ބަދަލު ގެންނަވައި، ގާނޫނާއި ގަވާއިދު ތަކަށް ބަދަލު ގެންނަވައި، ރަށްތަށް ކުއްޔަން ދޫކުރަމުންދިޔައީ ރައީސް އޮފީހުން ރައީސް ދެއްވާ އިއުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަންުގެ އަމަލުތައް ހިންގީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެމްޕީއެލުން 77 މިލިއަން ރުފިޔާއާއި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރާ ހަމައިން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖޫން 2017

އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

14 ޖޫން 2017
އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ
13 ޖޫން 2017

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

13 ޖޫން 2017
އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި
31 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް