Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑަލޮޓް މިލާނާ ގުޅުން

ޔުނައިޓެޑުގެ ޑަލޮޓް މިލާނަށް ސޮއިކޮށްފި

4 އޮކްޓޯބަރު 2020 | އާދީއްތަ 17:15

ޑަލޮޓް މިލާނާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 އޮކްޓޯބަރު 2020 | އާދީއްތަ 17:15
އޭސީ މިލާނާ ގުޅުނު ޕޯޗުގަލުގެ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓް

އޭސީ މިލާނާ ގުޅުނު ޕޯޗުގަލުގެ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ޕޯޗުގަލުގެ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އޭސީ މިލާނަށް ސޮއިކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ޑިފެންޑަރު މިލާނާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ.

ޕޯޓޯ ދޫކޮށް 2018 ވަނަ އަހަރު 19 މިލިޔަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު ޑަލޮޓަށް އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗުތަކެއްގައެވެ. އެގޮތުން މިހާތަނަށް ޑަލޮޓް ޔުނައިޓެޑަށް ކުޅެދީފައިވަނީ އެންމެ 35 މެޗެވެ.

މިލާނަށް ސޮއިކުރުމަށްފަހު ޑަލޮޓް ބުނީ ބުރަ މަސައްކަތްތަކެއް ކޮށް އޭނާގެ އަސްލު ފެންވަރު މިލާނުގައި ދައްކަން މަސައްކަތް ކުރާނެ ކަމަށާއި، އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ. އަދި މީގެ ކުރިން އަނިޔާގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އޭނާ ހުރީ އެއްކޮށް ފިޓްކޮށް ކަމަށާއި، މިލާނުގެ ފަހަތް ބެލެހެއްޓުމުގައި އޭނާއަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޑަލޮޓް މިލާނަށް ސޮއިކުރިއިރު، މި ސީޒަނުގައި އޭނާ ވަނީ ޔުނައިޓެޑަށް އެއް މެޗު ކުޅެދީފައެވެ. އެއީ އިނގިރޭސި ލީގު ކަޕުގައި މިދިޔަ ބުދަ ދުވަހު ބްރައިޓަން އަތުން 3-0 ން ޔުނައިޓެޑް މޮޅުވި މެޗެވެ.

ޔުނައިޓެޑާއެކު ޑަލޮޓަށް އެއްވެސް ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް، އޭނާ ވަނީ ޕޯޓޯއާއެކު 2017-2018 ވަނަ ސީޒަނުގެ ޕޯޗުގަލް ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް