Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިކޮނަމިކް ރެސްޕޯންސްގެ ގޮތުގައި 1000 މިލިއަން

އިކޮނަމިކް ރެސްޕޯންސަށް 1000 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

އެންމެ ގިނަ ހަރަދެއް ހިނގާފައިވަނީ ރިކަވަރީ ލޯނަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2020 | ހޮނިހިރު 02:50
ފިހާރައެއްގެ ތެރޭގައި އާންމުން އެއްވެހި ގަންނަން ގޮސް ކިއު ޖެހިގެން

ފިހާރައެއްގެ ތެރޭގައި އާންމުން އެއްވެހި ގަންނަން ގޮސް ކިއު ޖެހިގެން

ކޮވިޑް-19 ފެތުރެން ފެށިފަހުން އިކޮނަމިކް ރެސްޕޯންސަށް 1000 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާތަނަށް 1013.7 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ މިދިޔަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައިވާ އަދަދެވެ. މި 1013.7 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑުބައެއް ހޭދަ ކޮށްފައިވަނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށެވެ. އެގޮތުން ލޯން ސްކީމްތަކަށް މިހާތަނަށް އައި އިރު 900 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ރިކަވަރީ ލޯން ސްކީމް ދެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރިސޯޓްތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލީ ގޮތުން ނޭދެވޭ އަސަރުކޮށްފައިވާނަމައެވެ. އަދި މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓްގައި، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުއެވެ.

ރިވަރީ ލޯންގެ ގޮތުގައި މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް 375 ވިޔަފާރިއަކަށް 530 މިލިއަން ރުފިޔާއާއި، 7.5 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް 1768 ވިޔަފާރިއަކަށް 291 މިލިއން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ހަރަދުކޮށްފައިވަނީ އިންކަމް ސަޕޯޓް އެލަވަންސަށެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 89.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 21,182 މީހުން އެދިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ. އަދި އެލަވަންސަށް އެދުނު މީހުންގެ ތެރެއިން 8,648 މީހުންނަށް މިހާރު މި އެލަވަންސް ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން މި އެލަވަންސް މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާފައިވާ އިރު، އިންކަމް ސްޕޯޓް އެލަވެންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ގިނަވެގެން ލިބޭނީ 5،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އިކޮނަމިކް ރެސްޕޯންސް ސްޕެންޑިންގެ ތެރެއިން 24 ސެޕްޓެމްބަރުގެ ނިޔަލަށް ކަރަންޓް ޑިސްކައުންޓުގެ ގޮތުގައި 17 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ނަމަވެސް މެއި މަހުގެ ނިޔަލަށް ކަރަންޓާއި ފެނުގެ ޑިސްކައުންޓުން ޖުމްލަ 58.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު