Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާ

މީރާގެ "ނުކުރާނަމަ އުނިކުރަމާ" ކެމްޕޭން ފަށައިފި

ކެމްޕޭން ހިންގަނީ މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރިނުކުރާ ފަރާތްތަކާއި، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 12:04
ލޮކްޑައުންގެ މުއްދަތުގައި އާންމުން މީރާ އިން ހިދުމަތް ލިބިގަންނަނީ

ލޮކްޑައުންގެ މުއްދަތުގައި އާންމުން މީރާ އިން ހިދުމަތް ލިބިގަންނަނީ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "ނުކުރާނަމަ އުނިކުރަމާ" ކެމްޕޭން ފަށައިފިއެވެ.

"ނުކުރާނަމަ އުނިކުރަމާ" ގެ ނަމުން މީރާއިން މި ފެށި ކެމްޕޭނަކީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރިނުކުރާ ފަރާތްތަކާއި، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ހިންގާ ކެމްޕޭނެކެވެ.

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުން ސުން-ބަޔާން ހުށަހަޅަމުންދާ ކަމަށާއި، އަދި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ބަޔާން ހުށަނާޅާކަން ވެސް މީރާ އިން ފާހަގަކުރެއެވެ.

މީގެ ތެރޭގައި، ތަފާތު ވިޔަފާރިތައް ކުރުމުގެ ނިޔަތުގައި ރަޖިސްޓަރީކޮށް، އެހެން ނަމަވެސް ވިޔަފާރި ނުފެށިފައިވާ ފަރާތްތަކާއި އެކި އެކި ބީލަންތަކަށް ކުރިމަތިލާން ރަޖިސްޓަރީކޮށް، ބީލަން ކާމިޔާބު ވެފައި ނުވާ ފަރާތްތަކާއި، ވިޔަފާރިކުރުން ހުއްޓާލައިފައިވާ ފަރާތްތައްވެސް ހިމެނުން އެކަށީގެންވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި، ވިޔަފާރި ނުކުރި ކަމުގައިވިޔަސް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ ކޮންމެ ޓެކްސް ނެގޭ މުއްދަތަކާ ގުޅިގެންވެސް ކަނޑައެޅިފައިވާ ސުންގަޑީގައި ޓެކްސް ބަޔާން ހުށަހަޅަން ޖީ.އެސް.ޓީ ޤާނޫނުން ލާޒިމު ކުރާތީ މިފަދަ ފަރާތްތަކުން ވެސް، ޖީ.އެސް.ޓީ ރަޖިސްޓަރީން އުނި ނުކުރާނަމަ، ޓެކްސް ބަޔާން ހުށަހަޅަން ޖެހޭކަމަށާއި އަދި ބަޔާން ހުށަނޭޅުމުގެ ސަބަބުން މިފަދަ ފަރާތްތައް ޖޫރިމަނާވަމުން ދާ ކަމަށް މީރާއިން ބުނެއެވެ.

"ނުކުރާނަމަ އުނިކުރަމާ" ގެ ނަމުގައި މީރާއިން މި ފެށި ކެމްޕެއިނުގެ މަޤްޞަދަކީ ވަމުންދާ ޖޫރިމަނާތައް ނުވާނެހެން، މީރާގައި މި ވަގުތު ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރުން ލާޒިމު ނުވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޓޫރިޒަމް މަސައްކަތްކުރާ ފަރާތްތައް ނުވަތަ މުދާ އިމްޕޯޓްކުރާ ފަރާތްތައް ފިޔަވާ އެހެން ވިޔަފާރިކުރާ ފަރާތްތަކުން، އެ ފަރާތަށް އަހަރެއްގެ މައްޗަށް 5 ލައްކަ ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭނަމަ އެފަރާތެއް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅިދާނެއެވެ. އަދި، މި ފަދަ ފަރާތްތަކަށް، 'ނުކުރާނަމަ އުނިކުރަމާ' ކެމްޕެއިނުގެ ދަށުން ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް އޮތް ހުރަހަކީ ނުދައްކައިވާ ޓެކުހާ ގުޅޭ ޖޫރިމަނާއެއް ކަމުގައި ވާނަމަ، އެ ޖޫރިމަނާ ވެސް މައާފު ކޮށްދެވޭނެ ކަމަށް މީރާ އިން ހާމަކުރެއެވެ.

އެހެންކަމުން، "ނުކުރާނަމަ އުނިކުރަމާ" ކެމްޕެއިނުގެ ދަށުން ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް ބޭނުންވާ ފަރާތްތަކުން، މީރާ 106 ފޯމް މެދުވެރިކޮށް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުމަށް އެދި ހުށަހެޅުމަށް މީރާ އިން އިލްތިމާސްކުރެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އައު ޚިދުމަތްތައް އަންނަނީ ތައާރަފުކުރަމުންނެވެ. އެގޮތުން، މީރާއިން މިހާރު ވަނީ އެ އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް، މީރާގެ އޮންލައިން ޚިދުމަތްތައް ކަމުގައިވާ "މީރާކަނެކްޓް" އަދި "ވާރުޕޭ" މެދުވެރިކޮށް، ބަލައިގަތުމުގެ ޚިދުމަތް ހަމަޖައްސައިދިނުމުގެ އިތުރުން ވެސް ގިނަ ލުއި ފަސޭހަ ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު