Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނަތް

އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ: ރައީސް ނަޝީދު

ޝަރީއަތުުގައި އަދީބް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް އެމްއެމްޕީއާރުސީގެ ފައިދާ ލިބިފައިވާކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 11:44
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިނުވާކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މުހައްމަދު ނަޝީދު ތަކުރާރުކުރައްވައިފިއެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅުތަކާ ގުޅުވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބިވަޑައިގެންފައިނުވާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާކަމަށެވެ.

Advertisement - newsAdvertisement

އަދީބްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީީގެ ހިޔާނާތާއި ގުޅޭ ބައެއް ވާހަކަތައް ތިލަކޮށްފައެވެ.

އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން އަދީބް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މަންފާ ކުރީގެ ރައީސުންނަށް ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެއެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރުސީން ސީދާ ކުރީގެ ރައީސްއެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ.

އޭގެ އިތުރުން އަދީބް ވިދާޅުވީ ސިޔާސީ ހުރިހާ ޕަޓީއަކަށް ވެސް އެ ހިޔާނަތުގެ ފައިސާ ލިބިފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ގިނަ މެމްބަރުންނަށްވެސް އެ ފައިސާ ލިބިވަޑައިގެންފައިވާކަމަށް އަދީބް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ މަސްއޫލިއްޔަތުތައް ބަދަލުކޮށް، އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބޮޑު ވައްކަމަކީ އެ ސަރުކާރުގެ ވެރިން ރާވައިގެން ހިންގި ކަންތައްތަކެއް ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު