Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓްގެ ޕާމަނަންޓް ސެކެރަޓަރީގެ މައްސަލަ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރަޓަރީގެ ގޭގައި މަޑުކުރުމަށް އަންގައިފި

އެ މިނިސްޓްރީގެ މުވައްޒަފަންތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހަޅައިފައިވާ މައްސަލައެއް ދަނީ ތަހުޤީޤު ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 14:23
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި އެކު

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި އެކު

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކެރަޓަރީގެ އަބްދުﷲ ފަޔާޒް ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ފަޔާޒްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެ މިނިސްޓްރީގެ މުވައްޒަފަންތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހަޅައިފައިވާކަމަށާއި، އެ މައްސަލަތައް ތަހުޤީޤު ކުރަމުންދާތީ، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް އޮފީހަށް ނިކުތުން މަނާ ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަބްދުﷲ ފަޔާޒަކީ ރައީސް ޔާމީން ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ސިވިލް ސަރވިސް އިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކެރަޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.

މައިގަނޑު 8 މައްސަލައެއްގެ މައްޗަށް ބިނާކޮށް މިނިސްޓްރީގެ މުވައްޒަފުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފަށް އަބްދުﷲ ފަޔާޒާއެކު ކުރިން ހައުސިންގ މިނިސްޓްރީގައި މަސައްކަތް ކުރި 5 ފަރާތަކަށް ވަޒީފާ ދިނުމާއި، ވަކި ފަރާތަކަށް ވަޒީފާ ހަމަޖެއްސުމުގެ ނިޔަތުގައި ވަޒީފާއަށް ކުރެވޭ އިއުލާންތަށް ބާތިލްކޮށް އަލުން އިއުލާންކުރުމާއި މަގާމުގެ ޝަރުތު ހަމަނުވާ ފަރާތެއް ގަވާއިދާ ހިލާފަށް ވަޒީފާގައި ގެންގުޅުމާއި، ތިއަރީ އިމްތިހާން ނުހަދައި ދޫކޮށްފައިވާ ލައިސަންސް ކާޑުތަކެއްގެ ލިޔެކިޔުންތަށް ނައްތާލުން ހިމެނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އަކީ އަބަދުވެސް ކޮރަޕްޝަންގެ އަމަލުތައް ގިނަކަމަށް އަޑު ފެތުރިފައިވާ ވުޒާރާއެކެވެ. އަދި މީގެ ކުރިން އެ ވުޒާރާގެ މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެފައިވަނީ އެ ވުޒާރާގެ ހަޑި ސާފުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު