Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރ މާރިޔާ ކޮމެޓީއަށް ހާޒިރުކުރުން

ޑިފެންސް މިނިސްޓަރ މާރިޔާ ހާޒިރުކުރެއްވި ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

1 އޮކްޓޯބަރު 2020 | ބުރާސްފަތި 06:18

ކޮމެޓީ ސިއްރުކުރި ވަކި ސަބަބެއް ހާމައެއް ނުކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 06:18
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދްމަތްތަކާބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ހާޒިރު ކުރެއްވި ކޮމެޓީގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ބުރާސްފަތި ދުވަހު 10:00 އަށް ތާވަލް ކޮށްގެން ކުރިއަށް ގެންދާ މި ކޮމެޓީގެ ބައްދަލުވުން ސިއްރު ކުރި ވަކި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަ ނުކުރި ނަމަވެސް، ސައުމީ ސަލާމަތާ ގުޅުންހުރި ސިއްރުތައް ހިފެހެއްޓުމުގެ ގޮތުން މިފަދަ ކޮމެޓީތައް މީގެކުރިން ވެސް ސިއްރުކޮށްފައި ވެއެވެ.

Advertisement - newsAdvertisement

ޑިފެންސް މިނިސްޓަރ މާރިޔާ ކޮމެޓީން ބައްދަލު ކުރައްވަނީ، އެކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައި ވީނަމަވެސް، އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ.

ސަލާމަތީ ހިދްމަތްތަކާބެހޭ ކޮމެޓީއަށް ޑިފެންސް މިނިސްޓަރު މާރިޔާ ހާޒިރުކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދަނީ މިސަރުކާރުން އިންޑިއާއާއެކު އޮތް ގުޅުން ވަރުގަދަކޮށް، އިންޑިއާއިން ގިނަ އެހީތަކެއް ވަމުންދާތީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ.

އެގޮތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑެތި ޖަރީމާތައް ހިންގަމުން ދިޔަ ދުވަސްވަރު، ޑިފެންސް މިނިސްޓަރަކަށް ހުންނެވި، އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭގޮތަށް އިންޑިއާ އާއެކު ހަދާ އެގްރީމެންޓްތަކާއި ކުރަމުންދާ "ޑީލް" ތަކުގެ ސަބަބުން ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

މީގެއިތުރުންވެސް އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ރާއްޖެ އޮންނަތަނުގެ ގޮތުން ބޭރުގެ ސަމާލުކަމާއި އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބޭ ކަމަށެވެ. ރާއްޖެއަކީ މިސަރަހައްދުގެ މެރިޓައިމްގެ މައި ލޭނާރު ކަމަށެވެ. "ހަލާ ދަނޑީގެ ދެކޮޅު ނުބަލާ" ހުއްޓައި، ގައުމު މިދަނީ އަޅުވެތިވަމުން ކަމަށެވެ. މިސަރުކާރުގެ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން އެންމެ ބޮޑަށް ކަންބޮޑު ވަނީ އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގައި އުޅެމުންދާތީ އެވެ. ނަމަވެސް އިންޑިއާގެ އެ ސިފައިން ރާއްޖޭގައި ތިބެނީ، އިންޑިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކުރި، ހެލިކޮޕްޓަރާއި ޑޯނިޔާ ފްލައިޓް އޮޕަރޭޓް ކުރުމުގަ އެވެ. އަދި އެ މީހުންނާއި އެމީހުން ހިންގާ މައިގަނޑު އޮޕަރޭޝަންތަކުގެ ޚަރަދު ބަލަހައްޓަނީ ވެސް އިންޑިއާއިން ނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ވެސް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބެމުންދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް