Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ވެކްސިން

މޮޑާނާއިން އުފައްދާ ކޮވިޑް ވެކްސިން އުމުރުން ދުވަސްވީ މީހުން ބޭނުންކުރަން ރައްކާތެރި: ދިރާސާ

ޑޯޒްތައް ދީފައިވަނީ އުމުރުން 56 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށާއި އުމުރުން 71 އަހަރާއި އެއަށްވުރެ އުމުރުން ދުވަސްވީ މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2020 | ބުދަ 02:50
ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ކޮވިޑް-19 އަށް މޮޑާނާއިން އުފައްދާ ވެކްސިންގެ ރައްކާތެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ދިރާސާގައި, މި ވެކްސިން އަކީ އުމުރުން ދުވަސްވީ މީހުން ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއްކަމަށާއި މިވެކްސިން އިން އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައިވެސް ޒުވާނުންގެ ހަށިގަނޑުގައި ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީޒް އުފައްދާ މިންވަރަށް އެންޓިބޮޑީޒް އުފައްދާކަން ހާމަވެއްޖެއެވެ.

އަންގާރަ ދުވަހު ނިއު އިންގްލެންޑްގެ ޖަރނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާގައިވާ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ވެކްސިންގެ ހައިޑޯޒް ދިނުމުގެ ސަބަބުން ސައިޑް އެފެކްޓްސް ފެންނަލެއް އިތުރެވެ. މި ދިރާސާއިން ވަނީ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަމުންދާ އުމުރުފުރާ މީހުންނަށް ވެކްސިން ބޭނުންކުރުން ރައްކާތެރިކަން ހާމަވެގެން ގޮސްފައެވެ.

މި ދިރާސާއަކީ މޮޑާނާއިން ކޮވިޑް-19އަށް އުފައްދާ ވެކްސިންގެ ފޭސް 1 ގެ ޓްރެއަލް އާ ގުޅިގެން ކުރިޔަށް ގެންދިޔަ ދިރާސާގެ އިތުރުބައިތަކެކެވެ. އޭރު ޓްރެއަލް ކުރިޔަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ މެދުގައެވެ.

މޮޑާނާއިން ވަނީ ވެކްސިންގެ ދެ ޑޯޒެއް މީހުންނަށް ދީފައެވެ. އެއީ 25 މައިކްރޯގްރާމާއި 100 މައިކްރޯގްރާމްއެވެ. މި ޑޯޒްތައް ދީފައިވަނީ އުމުރުން 56 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށާއި އުމުރުން 71 އަހަރާއި އެއަށްވުރެ އުމުރުން ދުވަސްވީ މީހުންނަށެވެ. މި އުމުރުފުރާތަކުގެ 40 މީހަކަށް ވެކްސިންގެ ޑޯޒް ދީފައިވެއެވެ.

ދިރާސާއިން ހާމަވިގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 100 މައިކްރޯގްރާމްގެ ދެ ޑޯޒް، ކޮންމެ ޑޯޒެއްގެ ދެމެދު 28 ދުވަސް ހޭދަވާގޮތަށް ދިން މީހުންގެ ދިފާއީ ނިޒާމު ވަނީ ޒުވާނުންނެކޭ އެއްވަރަށް ގާތްގަޑަކަށް މަސައްކަތްކޮށްފައެވެ.

މޮޑާނާއިން މިހާރު އަންނަނީ ފޭސް 3 ގެ ޓްރެއަލް ކުރިޔަށް ގެންދަމުންނެވެ. ހައި ޑޯޒްތަކެއް ގިނަ އަދަދެއްގެ ބަޔަކަށްދީގެން މިޓްރެއަލް ކުރިޔަށްދާއިރު މި ޓްރެއަލް އާއެކު އެމަރޖެންސީކޮށް ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް މޮޑާނާއިން އެދޭނެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި ސައިޑްއިފެކްޓްގެ ގޮތުގައި ފެނިފައިވަނީ ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ގައިގައި ރިއްސުމާއި، ހީކެރުވުމުގެ އިތުރުން އިންޖެކްޝަންދިން ތަނަށް ތަދުވުމެވެ. މި އަލާމާތްތައް ގިނަ މީހުންގެ ފުށުން ފެނިފައިވަނީ މެދު މިނަކަށެވެ. އެހެންނަމަވެސް ޓްރެއަލްގައި ބައިވެރިވި ދެ މީހެއްގެ ފުށުން ސީރިއަސް ސައިޑް އެފެކްޓްތަކެއް ވަނީ ފެނިފައެވެ.

އެކެއްގެ ހަށިގަނޑުން ސީރިއަސް މިންވަރަށް ވަނީ ހުންފެނިފައެވެ. އެއީ 39 ޑިގްރީސެލްސިއަސްއަށް ވުރެ މަތިންނެެވެ. މި މީހާގެ ހަށިގަނޑުން ހުންފެނިފައިވަނީ ވެކްސިންގެ އެންމެ ދަށް ޑޯޒް ދީގެންނެވެ. ދެން ހުރި މީހާގެ ފުށުން ވަރުބަލިކަން ފެނުނުއިރު އޭނާއަށް އާންމުކޮށް ކޮށްއުޅޭ ކަންތައްތައް ނުކުރެވޭ މިންވަރަށް ވަރުބަލިކަން އިހުސާސްކުރެވުނެވެ.

ދިރާސާގެ ހޯދުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މި ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. އީވަން އެންޑަރސަން ވިދާޅުވީ ވެކްސިންގެ ޑޯޒް ދިނުމާއެކު އާންމު ގޮތެއްގައި ވަރަށް އަވަހަށް ސައިޑްއެފެކްޓް ފެންނާނެ ކަމަށެވެ. އަދި އެހާމެ އަވަހަށް އެ ރަނގަޅުވާނެ ކަމަށެވެ.

"މިއީ ހަމަ އުމުރުން ދުވަސްވީ މީހުންނަށް މިދޭ އިންފްލެޔަންޒާ ވެކްސިންގެ ހައިޑޯޒް ދިނީމާ ތަޖުރިބާކުރާ ކަންތައްތައް. އެމީހުން ހުން އައިސް ވަރުބަލިވެފައި ހުންނަ ގޮތެއް ވެފައި ހުންނާނީ އެވެކްސިން ދިނީމަވެސް." އެންޑްރަސަން ވިދާޅުވިއެވެ.

މި ޓްރަޔަލްގައި ބައިވެރިވި އުމުރުން 65 އަހަރުގެ މީހަކު ބުނެފައިވަނީ އެ މީހާ ޓްރެއަލްގައި ބައިވެރިވާން ބޭނުންވީ ނިއު ޔޯރކާއި ވޮޝިންގޓަންގައި ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން އުޅެމުންދާ ގޮތް ވީޑިއޯއަކުން ފެނުނީމަ ކަމަށެވެ. ނިއުޔޯރކްގައި ދިރިއުޅޭ މީހާ ބުނެފައިވަނީ ވެކްސިންއިން އެއްވެސް މިންވަރަކަށް އޭނާގެ ހަށިގަނޑުން ސައިޑް އެފެކްޓްސް ނުފެންނަ ކަމަށެވެ. އޭނާ ބުނީ ވެކްސިންގެ ޓްރަޔަލްގައި ބައިވެރިވުމަކީ އެއިގެން ގެއްލުންތަކެއްވާނެ ކަމެއްކަން އެނގޭ ކަމަށާއި، އެހެންނަމަވެސް ކޮންމެސް ބަޔަކު މިކަން ކުރަންޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

22 ޑިސެމްބަރު 2017
ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން

ޔޫރަޕުން ބިރުދައްކާނަމަ ދިގުރާސްތާގެ މިސައިލް އުފައްދާނަން:އިރާން

27 ނޮވެމްބަރު 2017
ނިއުކްލިއާ ހަތިޔާރު އުފައްދާ އަދި ގެންގުޅޭ އުތުރު ކޮރެއާ އެއް އެމެރިކާ އިން ގަބޫލު ނުކުރާނެ: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ނިއުކްލިއާ ހަތިޔާރު އުފައްދާ އަދި ގެންގުޅޭ އުތުރު ކޮރެއާ އެއް އެމެރިކާ އިން ގަބޫލު ނުކުރާނެ: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

28 އޮކްޓޯބަރު 2017
ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގައި ރޯވެ އަނދަނީ

ކެލިފޯނިއާގެ ވައިން އުފައްދާ ސަރަހައްދުގައި ރޯވެ އަނދަނީ

10 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު