Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ޑޯނިއަރ ފްލައިޓަކީ ވަގުންނަށް އޮތް ބޮޑު ބިރެއް: އަނދުން ހުސެން

ޤަވާއިދާ ޚިލާފަށް މަސްވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތައް ޖެހިލުންވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 29 ސެޕްޓެމްބަރު 2020 | އަންގާރަ 19:25
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

އެމްއެންޑީއެފް ޑޯނިއަރ ފްލައިޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ޖެހިލުންވެ ބިރު ގަންނާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް އޭވިއޭޝަން ސްކޮޑްރަންއަށް ޑޯނިއާ ފްލައިޓެއް އިތުރުވެގެން ދިއުމާއެކު ކުރިއަށްވުރެ ބޮޑަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަންކޮށް، ވަގަށް މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތަށް ދެނެގަތުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިންޑިއާގެ އެހީއާއެކު 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރި ޑޯނިއާ ފްލައިޓް އަންގާރަ ދުވަހު ރާއްޖެ އައުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ތަފާތު ގޮތްގޮތަށް އެފަރާތްތަކުގެ ހިޔާލުތައް ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ.

އެގޮތުން މެންބަރު އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓް ރާއްޖެ އައިސްފައި ވަނީ އެމްއެންޑީއެފް ކޯސްޓު ގާޑުގެ ނިޝާނާއި ކުލަޔާއެކު ކަމަށެވެ. އަދި ވަގަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި، ބޭރު މީހުންނާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސް ފޭރޭ މީހުން ޖެހިލުންވެ ބިރު ގަންނާނެ ކަމަށެވެ.

އަނދުން ހުސައިންގެ ޓްވީޓަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާއިރު، އޭނާ ވަނީ އެފަރާތްތަކަށް ވެސް ޓްވީޓާއިން ރިޕްލައި ދީފައެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވެނީ ކުރީގެ ރައީސް ޔާމީންގެ އާއިލާގެ ބޭފުޅެއް ކަމަށްވާ އަދީލް ޖަލީލް ކުރެއްވި ކޮމެންޓަށް ދެއްވި ރައްދުގައެވެ.

ހުސައިން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުންނެވި އިރު، އަދި ރައީސް ޔާމީންގެ އެޑްވައިޒަރުގެ މަގާމުގައި އަދީލް ޖަލީލް ހުންނެވިއިރު އިންޑިއާއާ އެކު ހަދާފައިވާ މިލިޓަރީ އެއްވެސް ގުޅުމެއް ނުވަތަ އެގްރީމެންޓެއް އުވާލަން ނުކެރުނު ކަމަށެވެ. އަދި އޭރު ހަދާފައިވާ އެގްރީމެންޓުތަކާ އެއްގޮތަށް މިއަދު ކަންކަން ވެގެންދާތަން ފެނުމުން އެފަރާތްތަކުން މަސައްކަތް ކުރަނީ ދެބޯގެރި ދުއްވަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ހުސައިންގެ ޓްވީޓަށް ރައްދު ދެއްވާ އަދީލް ޖަލީލް ކުރެއްވި ކޮމެންޓުގައި ވަނީ އެންމެން އަބަދަކު ގުނބޯ ނުހެއްދޭނެ ކަމަށެވެ. އަދި އެއީ ދޮގެއްތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް ޑޯނިއާ ފްލައިޓެއް ދިނުމާ ގުޅިގެން ސިޔާސީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ގުޅުވައިގެން ތަފާތު ވާހަކަތައް ދައްކައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަމުންނެވެ. އެގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ އިންޑިއާގެ ޑޯނިއާ ފްލައިޓުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލި، އެ ގައުމުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވާ މޭރުމަކުން ވާހަކަ ދައްކަމުންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު