Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ޝަރީއަތް

އަދީބުގެ 7 ދައުވާ އަލުން ކްރިމިނަލް ކޯޓަށް، މާދަމާއަށް ތާވަލް ކޮށްފި

29 ސެޕްޓެމްބަރު 2020 | އަންގާރަ 17:43

އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ބުދަ ދުވަހުގެ 15:00 އަށް ވަނީ ތާވަލް ކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ސެޕްޓެމްބަރު 2020 | އަންގާރަ 17:43
ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު

ހައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، ހައިކޯޓުގެ ހުކުމާ އެއްގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަލުން ކްރިމިނަލް ކޯޓަށް އެދައުވާ ހުށަހަޅައިފި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ބުދަ ދުވަހުގެ 15:00 އަށް ވަނީ ތާވަލް ކޮށްފަ އެވެ.

Advertisement - newsAdvertisement

ބެލެވޭ ގޮތުގައި ބުދަ ދުވަހު މައިގަނޑު ގޮތެއްގައި އޮންނާނީ، އަދީބުގެ ބަންދާ މެދު ގޮތެއް ނިންމުމެވެ.

އަދީބުގެ ބަންދާމެދު ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ މައްސަލަ ހައިކޯޓުން ނިމުމާއެކު ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޕީޖީގެ އޮފީހުން ހުށަހެޅުމަށާއި، އަދި ކްރިމިނަލް ކޯޓަށް މި މަސައްލަ ހުށަހެޅުމާއެކު ލަސްވެގެން 10 ދުވަހުގެ ތެރޭގައި، މި މައްސަލަ ނިމޭ ތާރީހުން ފެށިގެން އެކުޖުމްލަ 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަށެެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، ކްރިމިނަލް ކޯޓުން އަލުން އެމައްސަލަތައް ބެލުމަށް ހައިކޯޓުން ހުކުމް ކޮށްފައިވަނި މިމަހުގެ 21 ވަނަ ދުވަހު އެވެ.

ހައިކޯޓުގެ ނިންމުގައި ބުނެފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އަދީބުއާ ދެމެދު ހެދިފައިވާ އިއުތިރާފްގެ އެއްބަސްވަށް ދައުލަތުންނާއި އަދީބުގެ ފަރާތުންވެސް އިންކާރުކޮށްފަ ނެތް ކަމަށެވެ.

މީގެއިތުރުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އިބްތިދާއީ އަޑުއެހުމެއްގައި ފަނޑިޔާރުންގެ ދައުރަކީ އެ އެއްބަސްވުންވީގޮތުގެ ކަށަވަރުކަން ކަނޑައެޅުން ނޫން ކަމަށާއި، ސަބަބަކީ އެފަދަ އެއްބަސްވުމެއްގެ ތެރެއިންވެސް ވާ އިއުތިރާފަކީ އެއެއްބަސްވުން ސައްހަވިޔަސް ނުވިޔަސް، މުސްތަހަމަށް އެ އެއްބަސްވުމަށް ރުޖޫއަވުމުގެ ހައްގު އޮތް އިއުތިރާފެއްކަމަށެވެ. އަދި އެފަދަ އިއުތިރާފަކުން ރުޖޫއަ ވެއްޖެނަމަ އެފަދަ އެއްބަސްވުމެއްގައިވާ ކޮންމެކަމަކީ މުސްތަހަމާ ދެކޮޅަށް ބޭނުންކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން އިބްތިދާއީ އަޑުއެހުމެއްގައި އިއުތިރާފްގެ އެއްބަސްވުމަކާ ބެހޭގޮތުން، ފަނޑިޔާރުންގެ ދައުރަކީ އެފަދަ އެއްބަސްވުމެއް ވެފައިވާނެތޯ ބެލުން ކަމަށާއި އެފަދަ އެއްބަސްވުމެއްވެފައިވާ ކަމަށް ބުނާނަމަ، އެ އެއްބަސްވުމުގައިވާ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރު ކުރުމުގެ ހައްގު މުސްތަހަމަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްދިނުން ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް އޮތްނަމަ ކޯޓުން އެ އެއްބަސްވުމެއް ބަލައިގަތުމާއި ނުގަތުމުގައި ގޮތެއް ނިންމޭނެ ކަމަށެވެ.

ހައި ކޯޓުގެ ހުކުމްގައި އިތުރަށް ބުނީ އަދީބުގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅިގެން، އެ ދެ އެއްބަސްވުން ޝަރީއަތަކަށް ހުށަހެޅުމުން، އެ ދެ އެއްބަސްވުން ޝަރީއަތުން ދިރާސާކުރި ކުރުމުގައި، ކުށަށް އިއުތިރާފްވުމާއި އެއްބާރުލުން ދިނުމަށް ވެފައިވާ އެއްބަސްވުން އެކުލަވާލެވިފައިވަނީ، ކޮން އަސާސެއްގެ މައްޗަށް ބިނާކުރެވިގެންތޯ ޝަރީއަތުން ސުވާލުކުރުމުން، އެފަދައިން ސުވާލު އުފައްދައި، އެފަދަ އެެއްބަސްވުމެއްގެ ސައްހަކަން ކަށަވަރު ކުރުމަށް، ނުވަތަ އެފަދަ އެއްބަސްވުމެއް ބިނާކުރި އަސާސް ދެނެގަތުމަށް، ހެއްކާ ދަލީލުތައް ހުށަހަޅައި، ދެފަރާތަށް ބަހުސް ކުރުމަށް ފުރުސަތުދީ، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ އެކަމަށް ވަގުތުތަކެއް ހޭދަކުރުމަކީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ، ގާނޫނީ ގޮތުން ބަހުސެއް ކުރުމުގެ ބޭނުމެއް ނެތް ކަމެއްގައި ކުރެވޭ ބޭކާރު ބަހުސެއް ކަމަށެވެ. އެހެނީ، އެއްބަސްވުން ގަބޫލު ކުރާނަމަ، ނުވަތަ އެއްބަސްވުމުގައިވާ އިއުތިރާފުން ރުޖޫއަވާން އެދޭނަމަ، ދައުވާ ލިބޭ ފަރާތަށް އެ އިއުތިރާފުން ރުޖޫއަވުމަކީ އެއެއްބަސްވުން، ސައްހަވިޔަސް ނުވިޔަސް، ގާނޫނުން ލިބިދީފައިވާ ހައްގެއް ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

އިސްތިއުނާފް ކުރެވިފައިވާ ދައުވާތަކާ ގުޅިގެން، ދަށު ކޯޓުން ނިންމި ނިންމުތައް ނިންމާފައިވަނީ، ހުށަހެޅި ދައުވާތަކަށް ދައުވާ ލިބޭ ފަރާތް އިއުތިރާފްވޭތޯ، ނުވަތަ އިންކާރުކުރޭތޯ ބެލުމަކާ ނުލާކަމަށްވާތީ އެއީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ކުރިއަށް ގެންގޮސް، ނިންމާފައިވާ ނިންމުންތަކެއްކަން ނުހަނު ސާފުކޮށް އެނގޭ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. އެހެންކަމުން، އަދީބުގެ މައްޗަށް ދައުލަތުން ދައުވާ ކުރި 7 ދައުވާއަކީ އިބްތިދާއީ އަޑުއެހުންތަކާއެކު، އަލުން ކުރިއަށް ގެންދިއުމަށްޓަކައި ދަށު ކޯޓަށް ތަހުލީލު ކުރަންޖެހޭ ހަތް ދައުވާ ކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

ހައިކޯޓުގައި އަދީބު ވެސް ވިދާޅުވެފައިވަނީ އޭނާ ވެސް ބޭނުންވަނީ ދަށު ކޯޓުން އަލުން އެ މައްސަަލަތައް ބެލުމަށް ފޮނުވުމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ، އަދީބުގެ 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، އެމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު، 60 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާއެކު ގާޒީ އިސްމާއީލް ރަޝީދު ވަނީ އަލުން ކްރިމިނަލް ކޯޓަށް ނިކުންނަވާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް