Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޕާން ސަރުކާރުން ރާއްޖެއަށް އެހީވުން

ޖަޕާނުން ރާއްޖެއަށް 731 މިލިއަން ރުފިޔާގެ ލޯނެއް ދީފި

ލޯންގެ އިންޓްރެސްޓް ރޭޓަކީ 0.01 އިންސައްތަ، ލޯން ދައްކަންޖެހޭނީ 15 އަހަރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ސެޕްޓެމްބަރު 2020 | ހޯމަ 10:02
ޖަޕާނު ސަރުކާރުން ރާއްޖެއަށް ދިން ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖަޕާނު ސަރުކާރުން ރާއްޖެއަށް ދިން ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކޮވިޑް-19 އިން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެމަރޖެންސީ ރެސްޕޯންސް ސަޕޯޓްގެ ގޮތުގައި ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް 731 މިލިއަން ރުފިޔާގެ ލޯނެއް ދީފި އެވެ.

މި ލޯނުގެ އެހީ ދިނުމަށް ފޮރިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އެވެ.

Advertisement - newsAdvertisement

ލޯނުގެ އެހީގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މި ފައިސާ އަކީ ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ގެންދިޔުމަށްޓަކައި ޖަޕާން ސަރުކާރުން ދެއްވި ވަރަށް ދީލަތި އެހީއެއް ކަމަށެވެ. 5 ބިލިއަން ޖަޕަނީޒް ޔެން ނުވަތަ 47.5 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ފައިސާ އިން ނަމަ 731،975،000 މިލިއަން ރުފިޔާ ދީލަތި އެހީއެއްގެ ގޮތުގައި ފޮރިން މިނިސްޓަރ ސިފަ ކުރައްވާ ގޮތް ވަނީ ތަފްސީލު ކޮށްދެއްވައިފިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަޕާނަކީ ޒަމާނުއްސުރެވެސް ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ބިނާ ކުރުމުގައި ވެސް ޖަޕާނު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އަދި މި ފެންނަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދުނިޔޭގެ ގައުމުތައް ތަފާތު ކުރުމެއްނެތި ބާއްވަމުންދާ ގުޅުމުގެ ހެޔޮ ނަތީޖާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ރާއްޖެ އަކީ ރަހުމަތްތެރިން އިހުތިޔާރު ކުރާ ގައުމެއް ނޫން ކަމަށާއި ރާއްޖެއާ ގުޅުން ބާއްވަމުން އަންނަ ގައުމުތަކާއެކީ ގުޅުން ބާއްވަމުންދާ ގައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އެކިގޮތްގޮތުން ލިބެމުންދާ ގެއްލުންތައް އަންނަނީ ފެންނަމުން ކަމަށެވެ. މީގެކުރިން ޖަޕާނު ސަރުކާރުން ވާނީ ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް 7.5 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެފައި ކަމަށް ކެއިކޯ ޔަނާއީ ވިދާޅުވި އެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ މި ޕެންޑަމިކް ދިގުލައިގެން ދިޔުމާއެކު އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ލިބެމުންދާ ގެއްލުންތައް ބޮޑުކަމުން އިތުރު ފައިސާ ހޯދުމަށް ދިވެހި ސަރުކާރާއި ޖަޕާނާއި ގުޅިގެން ކުރިޔަށްގެންދިޔަ މަސައްކަތާއެކު މި ފައިސާ ހަމަޖެހިގެން ދިޔައީ ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ގައުމުތަކަށް ލިބެމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ޖަޕާނު ސަރުކާރުން އެހެން ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ޖަޕާނު ސަރުކާރުން ރާއްޖޭގެ އިގްތިޞާދު ނަގާކޮޅަށް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު