Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުން

ވެކްސިންގެ ކުރިން ފަތުރުވެރިކަމަށް އޮތް ފަރުވާއަކީ "މޯލްޑިވްސް ބޯޑަރ މައިލްސް": ހަނަފީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި އިގްތިސާދު އަދި ފަތުރުވެރިކަމަށް ގިނަ ލޮޅުންތަކެއް އައިސްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ސެޕްޓެމްބަރު 2020 | ހޯމަ 04:10
އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުސެއިން \"މޯލްޑިވްސް ބޯޑަރ މައިލްސް\" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުސެއިން \"މޯލްޑިވްސް ބޯޑަރ މައިލްސް\" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

މުޅި ދުނިޔެ ބަލިމަޑުކަމަކާއި ކުރިމަތިލަމުންދާ އިރު ފަތުރުވެރިކަން އަލުން ދިރުވަން ވެކްސިންގެ ކުރިން އޮތް ފަރުވާއަކީ "މޯލްޑިވްސް ބޯޑަރ މައިލްސް" ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުސެއިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މި ކުރިމަތިވި ހީނަރުކަމާއިއެކު، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، 'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި އިގްތިސާދު އަދި ފަތުރުވެރިކަމަށް ގިނަ ލޮޅުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިހާލަތުގައި ގައުމާއި މުޅި ދުނިޔެ އޮތް އިރުގައި ހުރިހާ ފަރާތްތަކުން ވެސް ވިސްނަމުން ދަނީ މިކަމާއި ދޭތެރޭގައި ހެދޭނީ ކިހިނެއް ކަން ކަމަށެވެ.

ހަނަފީ ވިދާޅުވީ މިކަމުގެ ޖަވާބަކީ ވެކްސިން ލިބުމުގެ ކުރިން ކުރެވޭނެ ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އަދި ބޯޑަރ މައިލްސްއަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް އަދި ފަތުރުވެރިކަމަށް އާ ސޮފުހާއަކަށް އަދި އާ ބާބަކަށް ހުޅުވާލާނެ ކަމެއް ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، 'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމްއެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް އިފްތިތާޙު ކުރެވޭ އެންމެ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، އިތުރަށް ފުޅާކުރުމެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.

މި ޕްރޮގްރާމަށް އަމަލު ކުރާނީ 01 ޑިސެމްބަރ 2020ން ފެށިގެނެވެ. މި ޕްރޮގްރާމަކީ ފަތުރުވެރިންނަށް ޙާއްސަ، އަދި މިޕްރޮގްރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ "ލޯޔަލްޓީ" ޕްރޮގްރާމެކެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު