Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް މަރާލި މައްސަލަ/ އަދުހަމްގެ ޝަރީއަތް

ގާސިމް މަރާލި މައްސަލަ: 7 މަހަށްފަހު އަދުހަމްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު

އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް ޝަރިއަތުގެ އަޑުއެހުމުގައި އެއްބަސްވުމަށްފަހު، ފަހުން އިންކާރު ކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2020 | ހޯމަ 05:04
ޤާސިމްގެ މަރާއި ގުޅިގެން ދައުވާ އުފުލާފައިވާ އަދުޙަމް މުހައްމަދު

ޤާސިމްގެ މަރާއި ގުޅިގެން ދައުވާ އުފުލާފައިވާ އަދުޙަމް މުހައްމަދު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ)ގެ ޝަރީއަތުގެ އަޑުއެހުމެއް ހަތް މަސްދުވަހަށްފަހު ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އަދުހަމްގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ 10:00 އަށެވެ.

Advertisement - newsAdvertisement

އެންމެފަހުން މިމައްސަލާގައި އަޑުއެހުމެއް ބާއްވާފައިވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމް މާރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް ކޯޓުގައި ވެފައިވާ އިއުތިރާފް ގެންގޮސް، ދައުވާއަށް އިންކާރުކޮށްފައެވެ.

އަދުހަމްގެ މައްޗަށް އުފުލި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އޭނާ ކޯޓުގައި އިއުތިރާފު ވެފައިވަނީ، މިއަހަރު ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.

އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން އަދުހަމްގެ މައްޗަށް ކުރާ ދައުވާ އާއި، ކުށް ސާބިތު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހަޅާ ހެއްކާއި ގަރީނާތަކާއި އަދި އަދުހަމުގެ އިއުތިރާފުގެ ބަޔާން ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އިއްވާފައިވެއެވެ. އަދި ތަކުރާރުކޮށް، އަދުހަމް ގާތު އެމައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު އެއްސެވުމުންވެސް އަދުހަމް އެދުވަހު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގާސިމް މަރާލުމުގައި އަދުހަމް އަމަލުކޮށްފައިވާ ގޮތުގެ ބަޔާނާއި އަދި ޕީޖީ އޮފީހާއެކު އަދުހަމް ވެފައިވާ އިއުތިރާފުގެ އެއްބަސްވުން އެއީ އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތި ދީފައިވާ ބަޔާންތަކެއް ކަމަށާއި އެހުރިހާ ކަމަކަށް އިއުތިރާފްވާ ކަމަށް ބުނެފައެވެ.

އަދުހަމްގެ އެ އިއުތިރާފާއެކު ޝަރިއަތުން ނިންމީ އަދުހަމްގެ މައްޗަށް އަވަސް ނިޔާގެ ޝަރީއަތެއް ހިންގުމަށެވެ. އެގޮތުން ފެބްރުއަރީ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަވަސް ނިޔާގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވަނީ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ކުށަށް އަދުހަމް އިއުތިރާފުވެފައިވާތީ، މި ބޭއްވެނީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އަދުހަމް އިތުރަށް ދައުވާ ސާފު ކުރަން ބޭނުންތޯ، ގާޒީ އަދުހަމް ގާތު އެއްސެވުމުން އަދުހަމް ވަނީ ދައުވާ ސާފުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ އެ ދައުވާއަށް އޭނާ އިންކާރު ކުރާ ކަމަށެވެ. އަދި އަަދުހަމް ބުނީ، އިބްތިދާއީ އަޑުއެހުމުގައި (ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި) އޭނާ ދެއްކި އެއްވެސް ވާހަކައަކީ އޭނާ ހަމަހޭގައި ހުރެގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށާއި، އެއީ އޭނާ މަސްތުގެ ހާލުގައި ހުރެގެން ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދުހަމް ބުނީ އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމާ ހަމައަށް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށަގަ ކަމަށެވެ. އެ ދުވަސްތަކުގައި އޭނާއަށް މަސްތުވާތަކެއްޗާއި، ސިނގިރޭޓާއި ސުޕާރީފަ ދަ ތަކެތި އޭނާއަށް ފުލުހުން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދުހަމް ބުނީ އޭނާ ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރި ދުވަހަކު ކޯޓުގައި ވެސް "ހާއްސަ އިނާޔަތްތައް" އަދުހަމަށް ދެމުންދާ ކަމަށް ފުލުހުން ބުނެފައިވާނެ ކަމަށެވެ. އެ ހާއްސަ އިނާޔަތަކީ އަދުހަމް ބުނާގޮތުން އެއީ މަސްތުވާތަކެއްޗާއި ސިނގިރޭޓާއި ސުޕާރީ ފަދަ ތަކެއްޗެވެ.

ނަމަވެސް އަދުހަމުގެ ވާހަކަތައް ދޮގުކޮށް ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ފުލުހުން ބުނީ ގާސިމް މަރާލި މައްސަލަ އަދުހަމްގެ މައްޗަށް ކުށް ސާބިތު ކުރެވޭވަރުގެ ހެއްކާއި ޤަރީނާ އެބަހުރި ކަމަށެވެ.

ގާޒީ ވިދާޅުވީ ދައުވާއަށް އަދުހަމް އިންކާރު ކުރާތީ، ދައުލަތުން ބޭނުންނަމަ، މިމައްސަލަ އަލުން ތަހުގީގު ކުރެވިދާނެ ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ފަށައިގެން ވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލާގައި ދެން ކުރިއަށްދާން ބޭނުންވަނީ އިބްތިދާއީ އަޑުއެހުންތަކާ ހަމައިން ކަމަށެވެ. ގާޒީ ވިދާޅުވީ، ދެން އަދުހަމްގެ މިމައްސަލާގައި ކުރިއަށްދާނީ އިބްތިދާއީ އަޑުއެހުންތައް ކަމަށެވެ.

އިބްތިދާއީ އަޑުހެމުގައި އަދުހަމް ވެފައިވާ، އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފު އަނބުރާ ގެންގޮސް، ދައުވާއަށް އަދުހަމް އިންކާރު ކޮށްފައިވާތީ، އަވަސްނިޔާގެ މަރުހަލާ ވަނީ ނިމިފައެވެ. އެހެންކަމުން ދެން ކުރިއަށްދާނީ ޖިނާއީ އެހެން މައްސަލަތައް ވެސް ކުރިއަށްދާގޮތަށް އިބްތިދާއީ އަޑުހެންތަކަށްފަހު، ޝަރީއަތުގެ އަޑު އަޑުއެހުންތަކެވެ.

އިބްތިދާއީ އަޑުއެހުމުގައި އަދުހަމް ބުނެފައިވަނީ އޭނާ ގާސިމަށް ހަމަލާ ދިނީ މަސްތުވެގެން ހުރެ، މަސްތުގެ ހާލުގަ ކަަމަށެވެ. އެހެންކަމުން ދައުލަތުން ބުނެފައިވަނީ އަދުހަމް މަސްތުވުމުގައި އެއްވެސް މީހެއްގެ މަޖުބޫރުކަމެއް އޮތްތޯ ސާފުކުރަން ޖެހޭ ކަމަށެވެ. އަދުހަމް ބުނެފައިވަނީ މަސްތުވުމުގައި ވެސް އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތް ކަމަށެވެ.

އިބްތިދާއީ އަޑުއެހުމުގައި، ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ، ގާސިމް މަރާލި ދުވަސް ކަމަށްވާ 4 ޑިސެމްބަރު 2019 ވަނަ ދުވަހު އަދުހަމްއާ މުއާމަލާތް ކުރެވުނު މީހުން ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އެގޮތުން ހުޅުމާލެއިން ހުޅުލެއަށްދިޔަ ޓެކްސީ ޑްރައިވަރާއި، ހުޅުމާލެ ކެފޭއަކުން ވަޅިއެއް ހޯދިއިރު، އެތާތިބި ތިން މީހަކާއި، ގާސިމް މަރާލުމަށްފަހު، ވަޅި އާއި އަދުހަމްގެ ގަމީސް ހޯދި ފުލުހުންނާއި، އަދި ގާސިމް މަރާލުމަށްފަހު، ގަމީސް ބަދަލުކުރިއިރު، އެ ގަމީސް ދިން މީހާއާއި ފޮރެންސިކް ތަހުލީލު ރިޕޯޓުތަކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައި ލިޔުންތައް ތައްޔާރުކުރި ފުލުހުންގެ ބަހެއް ނަގަން ޖެހިއްޖެ ހާލަތެއްގައި ނަގައިދިނުމަށް ވެސް ދައުލަތުން އެދުނެވެ.

މީގެ އިތުރުން ދައުލަތުން ވަނީ އަދުހަމް ފުލުހުންނަށް ދިން ބަޔާނާއި ވީޑިއޯ ފުޓޭޖްތައްވެސް ޝަރީއަތަށް ހުށަހަޅާފައެވެ.

ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިއަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މާލެއިންނާއި ހުޅުމާއިން ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު