Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް

ވީއައިއޭގެ އަމާޒަކީ ކޮވިޑް ސޭފްޓީ ކޮރިޑޯ އެއް ގާއިމްކުރުން

27 ސެޕްޓެމްބަރު 2020 | އާދީއްތަ 17:37

ކޮވިޑް-19 ސޭފްޓީ ކޮރިޑޯގެ ގޮތުގައި ގާއިމްކުރުމުން އެއަރޕޯޓަށް އަންނަ ފަތުރުވެރިންނާއި، ސްޓާފުން އަވަހަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 17:37
މޯލްޑިވްސް އެއަރޕޯޓް ކޯމްޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ، ގޯޑަން އެންޑްރިއު ސްޓުވަރޓް

މޯލްޑިވްސް އެއަރޕޯޓް ކޯމްޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ، ގޯޑަން އެންޑްރިއު ސްޓުވަރޓް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އަމާޒަކީ ކޮވިޑް-19 ސެފްޓީ ކޮރިޑޯއެއް ގާއިމް ކުރުން ކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި އެމްޑީ ގޯޑަން އެންޑްރިއު ސްޓުވަރޓް ވިދާޅުވެއްޖެއެވެ.

ބޯޑަރ މައިލްސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ، ގޯޑަން ވިދާޅުވީ، ވީއައިއޭ އަކީ ކޮވިޑް-19 ސޭފްޓީ ކޮރިޑޯއެއްގެ ގޮތުގައި ގާއިމް ކުރުމުން އެއަރޕޯޓަށް އަންނަ ފަތުރުވެރިންނާއި، އެއަރޕޯޓްގައި މަސައްކަތް ކުރާ ފަރާތްތައް އާންމުކޮށް އަދި އަވަހަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް އެއަރޕޯޓްގައި ހަމަޖެހިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މި އަމާޒަށް ވާސިލުވުމަށްޓަކައި ދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި، އެއަރޕޯޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓް އިން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކާއި، މުޅި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ގޯޑަން ފާހަގަކުރެއްވިއެވެ.

ގޯޑަން އިތުރަށް ވިދާޅުވީ، މިކަމާ ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި އެމްއޭސީއެލް އިން ހިއްސާ ކުރާނެ ކަމަށާއި މިއީ ދުނިޔޭގެ ގިނަ އެއަރޕޯޓްތަކުން މިހާރު ހާސިލްކުރަން ބޭނުންވާ އަމާޒެއް ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން މުޅި ދުނިޔޭގެ ފަތުރުވެރި ކަމަށާއި އޭވިއޭޝަން އިންޑަސްޓްރީ އަށް ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ފާހަގަކުރައްވާ، ގޯޑަން ވިދާޅުވީ، ދުނިޔޭގެ ދަތުރުފަތުރަށް އައި ހުއްޓުމާއި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް ދިޔަ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވާލުމާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވަމުންދާ ކަމަށާއި ކުރިއަށް އޮތްތާނގައި އިތުރުވަމުން ދާނެ ކަަމަށް ގޯޑަން ފާހަގަކުރެއްވިއެވެ. ކޮވިޑް-19 އާއެކު ބަލިމަޑުކަމުން ރައްކާތެރިވުމަށް އެއަރޕޯޓަށް ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ވެސް ގޯޑަން ފާހަގަކުުރެއްވިއެވެ.

ގޯޑަން ވަނީ ކޮވިޑް-19 އަށް ދިވެހި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަން ފާހަގަކުރައްވާ، ބައްޔަށް ވެކްސިނެއް ލިބެންދެން، މިހާރު އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާއި ސަލާމަތީ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅައި ބައްޔާއި އެކު އޮޕަރޭޓް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވީއައިއޭ އިން މަސައްކަތް ކުރަނީ އެ އެއަރޕޯޓަކީ "ޕޮޒިޓިވް" ތަނެއްގެ ގޮތުގައި ދަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ކަމަށް ގޯޑަން ވިދާޅުވިއެވެ.

ގޯޑަން ވިދާޅުވީ ކުރިއަށް އޮތްތާނގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރަން ބޭނުންވާނަމަ އައު ކަންކަން އިއުޖާދު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުުގެ މުނާސަބަތުގައި އިފްތިތާހު ކުރެވިގެން ދިޔަ މޯލްޑިވްސް ބޯޑަރ މައިލްސް އަކީ މިފަދަ ފުރަތަމަ މަސައްކަތް ކަމަށާއި މިއީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އިފްތިތާހު ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ގޯޑަން ވިދާޅުވިއެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އެކުގައި މަސައްކަތް ކުރުމަށް އެމްއޭސީއެލް އިން އޮތީ ތައްޔާރަށް ކަަމަށް ވެސް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2018

އެންވަޔަރަންމަންޓް އެންޑް ރޯޑު ސޭފްޓީ ޕޮލިސް ޚިދުމަތް ފެށުމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

18 ޑިސެމްބަރު 2018
އެންވަޔަރަންމަންޓް އެންޑް ރޯޑު ސޭފްޓީ ޕޮލިސް ޚިދުމަތް ފެށުމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި
17 ޑިސެމްބަރު 2018

އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އީސީގެ ދަފުތަރުގައި އެމްޑީޕީގެ 50000 މެމްބަރުން ޖެއްސުން:ވަހީދު

17 ޑިސެމްބަރު 2018
އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އީސީގެ ދަފުތަރުގައި އެމްޑީޕީގެ 50000 މެމްބަރުން ޖެއްސުން:ވަހީދު
03 ޑިސެމްބަރު 2018

އަލުން ޔުނިފޯމް އަޅާނަން، އަމާޒަކީ ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުން: އެމްސީ ހަމީދު

03 ޑިސެމްބަރު 2018
އަލުން ޔުނިފޯމް އަޅާނަން، އަމާޒަކީ ފުލުހުންނަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުން: އެމްސީ ހަމީދު
14 ޖުލައި 2018

އަމާޒަކީ ހުރިހާ ރަށަކަށް ޒިޔާރަތްކުރުން: އިބޫ

14 ޖުލައި 2018
އަމާޒަކީ ހުރިހާ ރަށަކަށް ޒިޔާރަތްކުރުން: އިބޫ
02 މާރިޗު 2018

ހުކުރު އެއްވުން: އަމާޒަކީ މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވުން!

02 މާރިޗު 2018
ހުކުރު އެއްވުން: އަމާޒަކީ މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވުން!
19 އޮކްޓޯބަރު 2017

ވެމްކޯގެ ވިލިމާލޭ އޯޕަން ޑޭ: އަމާޒަކީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުން

19 އޮކްޓޯބަރު 2017
ވެމްކޯގެ ވިލިމާލޭ އޯޕަން ޑޭ: އަމާޒަކީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުން
15 އޮކްޓޯބަރު 2017

ސޭފްޓީ ސްޓެޕްސްގެ ނަމުގައި އާކުން އާ ކެމްޕެއިނެއް ލޯންޗްކޮށްފި

15 އޮކްޓޯބަރު 2017
ސޭފްޓީ ސްޓެޕްސްގެ ނަމުގައި އާކުން އާ ކެމްޕެއިނެއް ލޯންޗްކޮށްފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް