Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސްގެ ހާލުކޮޅު

ބޮލްސޮނާރޯ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅު ނަންގަވައި، ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި

މިއޮޕްރޭޝަން ކޮށްފައިވަނީ ހުކުރު ދުވަހު ތިން ޑޮކްޓަރުން ހިމެނޭ ޓީމަކުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 19:34
ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅު ނަންގަވައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއޮޕްރޭޝަން ކޮށްފައިވަނީ ހުކުރު ދުވަހެވެ. އަދި މިއޮޕްރޭޝަން ކުރުމުގައި ބައިވެރިވެފައިވަނީ ތިން ޑޮކްޓަރުންގެ ޓީމަކުންނެވެ.

ބޮލްސޮނާރޯގެ އޮފީހުން ނެރިފައިވާ ސްޓޭޓްމެންޓުގައި ޑޮކްޓަރުންނާއި ހަވާލާދީ ބުނެފައިވަނީ ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އޮޕްރޭޝަން ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން މިހާރު ހިލަކޮޅުގެ ސަބަބުން އިތުރު ތަކްލީފްތަކެއް އުފުލަން ނުޖެހޭ ކަމަށެވެ. އަދި މިހާރު ރައީސްއަށް ކޮޓަރިކޮޅުގައި ތެދުވެ ހިނގާބިގާވެ އުޅުއްވޭ ކަމަށާއި، ފަރިކުޅުވެވޭ ކަމަށެވެ.

2018 ވަނަ އަހަރުގެ ކެންޕޭންގެ ތެރޭގައި ވަޅި ހެރުމުގެ ސަބަބުން ބޮލްސޮނާރޯ ވަނީ 4 އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ރައްޔިތުން ތިބީ ބޮލްސޮނާރޯގެ ސިއްހީހާލުކޮޅާ މެދު ވަރަށް ކަންބޮޑުވެސް ވެފައެވެ.

މިދިޔަ ހުކުރު ދުވަހު ކިޑްނީގައި އުފެދިފައިވާ ހިލަކޮޅު ނެގުމުގެ އޮޕްރޭޝަން ކުރި ނަމަވެސް އޮގަސްޓް މަހުގެ ތެރޭގައި އެ އޮޕްރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ.

ބޮލްސޮނާރޯ ހޮސްޕިޓަލުން ގެއަށް ދިއުމަށް ދޫކޮށްލާނީ އާދިއްތަ ދުވަހު ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑް-19 އިން ފަސޭހަވެވަޑައިގެންނެވި ބޮލްސޮނާރޯ، އެމަނިކުފާނުގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިފައިވާތީ ވެސް ފަރުވާ ހޯއްދަވާފައިވެއެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2020

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯގެ އަނބިކަނބަލުންނާއި، ދެ ދަރިކަނބަލުން ކޮވިޑް-19ށް ނެގެޓިވް

12 ޖުލައި 2020
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯގެ އަނބިކަނބަލުންނާއި، ދެ ދަރިކަނބަލުން ކޮވިޑް-19ށް ނެގެޓިވް
19 ޖޫން 2020

ބޮލްސޮނާރޯގެ ދަރިކަލުންގެ އަރިސް ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް!

19 ޖޫން 2020
ބޮލްސޮނާރޯގެ ދަރިކަލުންގެ އަރިސް ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް!
25 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ބްރެޒިލްގެ ހާލަތު ގޯސްވެފައި ވަނިކޮށް ބޮލްސޮނާރޯ މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފި

25 މެއި 2020
ކޮވިޑް-19 އާ ގުޅިގެން ބްރެޒިލްގެ ހާލަތު ގޯސްވެފައި ވަނިކޮށް ބޮލްސޮނާރޯ މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފި
20 ފެބުރުއަރީ 2019

ޕާކިސްތާނާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ހައްލު ކުރުމަށް ސައުދީން އެހީތެރިވަނީ

20 ފެބުރުއަރީ 2019
ޕާކިސްތާނާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ހައްލު ކުރުމަށް ސައުދީން އެހީތެރިވަނީ
08 ޖެނުއަރީ 2018

ގަތަރުގެ މައްސަލައިގައި އުފެދިފައިވާ ޚިލާފްތައް ހައްލުކުރުމަށް ކުވެއިތުގެ އަމީރު ގޮވާލައްވައިފި

08 ޖެނުއަރީ 2018
ގަތަރުގެ މައްސަލައިގައި އުފެދިފައިވާ ޚިލާފްތައް ހައްލުކުރުމަށް ކުވެއިތުގެ އަމީރު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު