Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ބޯޑުގެ އިންތިޚާބު

ފުރިހަމަ ތާއީދާއެކު ކްރިކެޓް ބޯޑުގެ ރައީސަކަށް ފައިސަލް

ފައިސަލަށް ވަނީ ފެންނަ ނުފެންނަ ވޯޓުގައި 16 މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:41
ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް (ބޮޑޭ) އާއި ނައިބު ރައީސް އަޙްމަދު ހުސެއިން (ކުޑަދޮނާ)

ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް (ބޮޑޭ) އާއި ނައިބު ރައީސް އަޙްމަދު ހުސެއިން (ކުޑަދޮނާ)

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް މީގެ ކުރިން ނައިބު ރައީސްގެ މަގާމާއި ޖެނަރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި މުޙައްމަދު ފައިސަލް (ބޮޑޭ) އިންތިޚާބުވެ ވަޑައިގެންފިއެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބު ހޮނިހިރު ދުވަހު ހ. ބޯޅަގޭގައި ބޭއްވިއިރު، މި އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވީ ކުރީގެ ސަރުކާރުގައި ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކޮށްފައިވާ ފައިސަލް އެކަންޏެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 ފަރާތަކަށް ލިބިގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް މެންބަރުންގެ ގޮތުގައި ހިމެނޭ 15 ކުލަބުގެ އިތުރުން ސްކޫލުތަކުން އައި އެއް ވޯޓެވެ.

މާލެ ސްޕޯޓްސް ކުލަބުގެ ފަރާތުން ވާދަކުރެއްވި ފައިސަލަށް ވަނީ ފެންނަ ނުފެންނަ ވޯޓުގައި 16 މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައެވެ. ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމަށް ފައިސަލް އިންތިޚާބުވެ ވަޑައިގެންނެވިއިރު، 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އަޙްމަދު ހަސަން ދީދީ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމުގައި ހުރިއިރު، ފައިސަލަކީ އޭރުގެ ނައިބު ރައީސެވެ. އަދި ފައިސަލް ވަނީ ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ފުރުއްވާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކްރިކެޓް ބޯޑުގެ ނައިބު ރައީސަކަށް އިންތިޚާބުވެ ވަޑައިގަތީ އަޙްމަދު ހުސެއިން (ކުޑަދޮނާ) އެވެ. ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ހިންގަ ކޮމިޓީގެ މެންބަރު ކުޑަދޮނާއަށް ފެންނަ ކަމަށް 12 ވޯޓު ލިބިވަޑައިގެންނެވިއިރު، ނުފެންނަ ކަމަށް ދެ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ކުޑަދޮނާއާ ވާދަކުރެއްވި ކުރީގެ ނައިބު ރައީސް މާދިހު އިސްމާއިލް ފެންނަ ކަމަށް ދެ ވޯޓު ލިބިވަޑައިގަތެވެ. އަދި ނުފެންނަ ކަމަށް 11 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

އެސޯސިއޭޓް މެންބަރުންގެ ތެރެއިން ހޮވުނީ ފެންނަ ކަމަށް 12 ވޯޓާއެކު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ފާތިމަތު ރިޒްނާ އަދި ފެންނަ ކަމަށް 11 ވޯޓާއެކު އިސްކަންދަރު ސްކޫލުގެ އަޙްމަދު އާމިރެވެ. ފަރުދީ މެންބަރު ކަމަށް ހޮވުނީ 16 ވޯޓާއެކު މެންބަރުންގެ އިއްތިފާގުން ކުރީގެ ކުޅުންތެރިޔާ އަޙްމަދު ކަލީމެވެ. ފުރިހަމަ މެންބަރުކަމަށް ވާދަކުރި ހަތަރު މެމްބަރުން ވަނީ 16 ވޯޓާއެކު ހޮވި ވަޑައިގެންފައެވެ. އެއީ ސީބީއެލް ސްޕޯޓްސްގެ މުޝްތާގު އަހުމަދު ދީދީ އާއި، އޮފްއެފްސީގެ އަބްދުﷲ ސައުދާނާއި، ނިއު ސްޓާ ސްޕޯޓްސްގެ މުޙައްމަދު އަޝްރަފް އަދި ހިންނަވަރު ހިރިޔާގެ މުޙައްމަދު ރިޔާޒެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބު ހޮނިހިރު ދުވަހު ބޭއްވިއިރު، މި އިންތިޚާބުގައި މިހާރުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ) ވާދަކުރައްވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
20 އެޕްރީލު 2017

ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ

20 އެޕްރީލު 2017
ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު