Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ރާއްޖެ ކާގޯ ފެރީ

ކާގޯ ފެރީގެ ހިދުމަތާއިއެކު ކުޅުދުއްފުށި ސިޓީ ބޮޑެތި ޝިޕިން އެޖެންސީތަކުގެ މެޕަށް!

މި ހިދުމަތާއި އެކު ކުޅުދުއްފުޓަށް ގިނަ ފައިދާތަކެއް ކުރާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 06:28
ކޮޗިން އިން ރާއްޖެ އަށް އައި ފުރަތަމަ ކާގޯ ފެރީ

ކޮޗިން އިން ރާއްޖެ އަށް އައި ފުރަތަމަ ކާގޯ ފެރީ

އިންޑިއާގެ ކޮޗިން އާއި ރާއްޖޭގެ ކުޅުދުއްފުށި ސިޓީ އާއި ދެމެދު ފެށި ކާގޯ ފެރީގެ ހިދުމަތާއި އެކު ކުޅުދުއްފުށި ސިޓީ ބޮޑެތި ޝިޕިން އެޖެންސީތަކުގެ މެޕަށް އަރާފައިވާ ކަމަށް އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ކޮޗިން ފެރީ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ސުދީރު ވިދާޅުވީ، މި ހިދުމަތާއި އެކު ކުޅުދުއްފުޓަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި، މިއީ އަތްފޯރާފަށުގައި ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފޮނުވާ މުދަލާއި ރާއްޖެއިން އިންޑިއާއަށް ފޮނުވާ މުދާ ދަތުރުކުރާނީ ވަކި ރޫޓަކުން ކަމަށާއި އެގޮތުން މި ދަތުރުގައި ކޮލޮމްބޯ، ދުބާއި ނުވަތަ ސިންގަޕޯ މަގުން ކަމަށް ފާހަގަކޮށް މި ފެރީ ހިދުމަތުގެ ސަބަބުން އަވަހަށް މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދެވޭނެ ކަމަށް ސުދީރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިންޑިއާ ސަފީރު އިތުރަށް ވިދާޅުވީ، ކުޅުދުއްފުއްޓަށް މިއަދު އައިސްފައިވާ ފެރީ ރާއްޖެ އައިސްފައިވަނީ ގިނަ މުދާތަކެއް ހިފައިގެން ކަމަށާއި އޭގެ ތެރޭގައި ޒަރޫރީ މުހިންމު މުދާ ހިމެނޭ ކަމަށެވެ. އަދި މީގެ ފައިދާާ ކުރާނީ ހަމައެކަނި ކުޅުދުއްފުއްޓަށް ނޫން ކަމަށާއި މިކަމުގެ ފައިދާ މުޅި ރާއްޖެއަށް ވެސް ކުރާނެ ކަމަށެވެ.

ކާގޯ ފެރީގެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް އިންޑިއާގެ އިމްޕޯޓަރުންނާއި އެކު މަޝްވަރާކޮށް މުދާ ވިއްކުމަށް ފަސޭހަ ވާނެ ކަމަށާއި މި ހިދުމަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓާއި ދެމެދު އޮންނަ ފަރަގު ކުޑަކުރުން ކަމަށްވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު