Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިޕޯޓު: ފާތިމަތު ދީމާ އަލީ

ދީމާގެ އަމާޒު އޮލިމްޕިކް ގޭމްސްއަށް

އުމުރުން އެންމެ 11 އަހަރުގައި ދީމާ އައިއޯއައިޖީން ތިން ރަން މެޑަލް ހޯދި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2020 | ހުކުރު 17:28
މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ދީމާ ވާދަކުރަނިކޮށް

މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ދީމާ ވާދަކުރަނިކޮށް

ގައުމީ ފެންވަރުގައި މީގެ ތިން އަހަރު ކުރިން ޓޭބަލް ޓެނިސް ކުޅެން ފެށި ފާތިމަތު ދީމާ އަލީ އަކީ ދިވެހިން މިހާރު ފަޚުރުވެރިވާނެ ކުޅުންތެރިއެކެވެ. އުމުރުން އެންމެ 11 އަހަރުގައި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ހޯދި ދީމާ އަކީ އައިއޯއައިޖީގައި އެންމެ ކާމިޔާބު ދިވެހި އެތުލީޓެވެ.

އަދި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި، އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ދީމާ ވަނީ ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި ދީމާ ވަނީ ހޯދާފައެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ދީމާ ބުނީ ޓީޓީ ކުޅެން ފެށުނީ އޭނާގެ ބައްޕަގެ އެދުމުގެ މަތިން ކަމަށާއި، އޭނާގެ ބައްޕަ އަކީވެސް ކުރިން ޓީޓީ ކުޅުނު ކުޅުންތެރިއެއް ކަމަށެވެ. ޓީޓީ ކުޅެން ފެށުމާއެކު ރަން ވަނަތަކަށް އަޒުމު ކަނޑައެޅިކަން ފާހަގަކުރަމުން ދީމާ ބުނީ ގައުމީ މުބާރާތަކީ އޭނާއަށް ހާއްސަ މުބާރާތެއް ކަމަށާއި، އެ މުބާރާތުގައި ތަޖުރިބާކާރު ކުޅުންތެރިންނާ ވާދަކޮށް މުބާރާތް ކާމިޔާބުކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އައިއޯއައިޖީން ލިބުނު ތިން ރަން މެޑަލްކަން ފާގަކުރަމުން ދީމާ ބުނީ އެ މުބާރާތަށް އޭނާ ނުކުތްއިރު، އެކާމިޔާބީ ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. މީގެ އިތުރުން ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ލިބުނު ދުވަހަކީވެސް ކެރިއަރުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ދީމާ ބުންޏެވެ. ސަބަބަކީ އެ މުބާރާތަކީ ބައިނަލްއަގުވާމީ މުބާރާތަކުން ދީމާ ރާއްޖެއަށް ހޯދައިދިން ފުރަތަމަ ރަން މެޑަލް ކަމުގައި ވުމުން ކަމަށް ދީމާ ބުންޏެވެ.

ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު، މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން ސްރީލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދިއެވެ.

ދީމާ ބުނީ ކެރިއަރުގައި އެންމެ ހިތްދަތިވީ ކުޑައިރުން ފެށިގެން ކުޅެމުން އައި ސްރީލަންކާ މުބާރާތުގައި ބައިވެރިނުވެވޭނެކަން އެނގުމުން ކަމަށާއި، އެކަމަކު އެކަން އެހެންވީވެސް ރަނގަޅަކަށް ކަމަށް އުންމީދުކުރާ ކަމަށެވެ.

އަދި މިހާ ހިސާބަށް އައިރު ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބުނު ކަމަށާއި، އެގޮތުން މަންމަ އާއި ބައްޕަ އަދި އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން އެއީ ހަނދާނުން ފިލައިގެން ނުދާނެ ކަމެއް ކަމަށް ދީމާ ބުންޏެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ރަހުމަތްތެރިން އަދި ސަރުކާރުން ލިބުނު އެއްބާރުލުން ދީމާ ވަނީ ފާހަގަކޮށްފައެވެ.

ދީމާ ބުނީ ކެރިއަރުގައި އެންމެ ބޭނުންވަނީ ރާއްޖެއަށް އިތުރު ރަން މެޑަލްތަކެއް ހޯދައިދީ، އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކޮށް ކާމިޔާބީއެއް ހޯދުމަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ އޮލިމްޕިކްސްއަށް އަމާޒު ހިފައިގެން ކަމަށްވެސް ދީމާ ބުންޏެވެ.

ރާއްޖެއިން ބޭރުން މިހާތަނަށް ގިނަ ތަމްރީނުތަކެއް ހަދާފައިވާ ދީމާ ވަކިން ހާއްސަކޮށް ޗައިނާގައި ކުރިއަށް ގެންދިޔަ ތަމްރީނުތައް ފާހަގަކުރެއެވެ. ދުނިޔޭގެ ޓީޓީގެ އެއް ނަންބަރު ގައުމު ޗައިނާއިން ހެދި ތަމްރީނުތަކާ މެދު ވާހަކަ ދައްކަމުން ދީމާ ބުނީ އެއީ ތަފާތު ތަމްރީނެއް ކަމަށާއި، ޗައިނާގެ ކުޅުންތެރިން ކުޅެމުން އަންނަނީ ތަފާތު ސްޓައިލަކަށް ކަމަށެވެ. އަދި އެ ޓެކްޓިސްތައް ދަސްކުރަން ލިބުނު ފުރުސަތަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ދީމާ ބުންޏެވެ. އަދި އުންމީދަކީ ޗައިނާ ކުޅުންތެރިންނާ އެއް ފެންވަރަށް ކުޅުން ކަމަށްވެސް ދީމާ ބުންޏެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ދީމާ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، ދީމާއަކީ މިދިޔަ އަހަރުގެ މެއި މަހު ސްވިޑެނުގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ މަގާމު ހޯދައި އެ މުބާރާތުގެ ތާރީޚުންވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖެ އާއި ލަންކާގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑުގެ މުބާރާތްތަކުގައިވެސް ވާދަކޮށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

2024 އަދި 2028 ގެ އޮލިމްޕިކް ގޭމްސް ބާއްވާ ސިޓީތަށް ކަނޑައަޅައިފި

14 ސެޕްޓެމްބަރު 2017
ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

09 އޯގަސްޓު 2017
ލ.ގަމުގައި އަލްހާ އީދަށް އަމާޒުކޮށްގެން ބައިބަލާ މުބާރާތެއް ބާއްވަނީ!

ލ.ގަމުގައި އަލްހާ އީދަށް އަމާޒުކޮށްގެން ބައިބަލާ މުބާރާތެއް ބާއްވަނީ!

07 އޯގަސްޓު 2017
ރޭންކު މަތިކުރުމަށް އަމާޒު ހިފައި ނެޓްބޯލް ޓީމު ކޮރެއާއަށް ފުރައިފި

ރޭންކު މަތިކުރުމަށް އަމާޒު ހިފައި ނެޓްބޯލް ޓީމު ކޮރެއާއަށް ފުރައިފި

02 މެއި 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު