Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުހީ- ކޮޗިން ފެރީ

ތަވާލުކުރެވިފައި އޮތް ގޮތުން ކޮޗިން ފެރީ ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވަންނާނެ: ކަސްޓަމްސް

ކުޅުދުއްފުށީގައި ވަނީ ކަސްޓަމްސްގެ ނޯރތް ރީޖަނަލް ހެޑް އޮފީހެއް ގާއިމްކޮށްފަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2020 | ހުކުރު 12:28
ދަތުރުތައް ކުރުމަށް ބޭނުން ކުރާ ކާގޯ ފެރީ އަކީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަނުން އޮޕަރޭޓް ކުރާ ފެރީއެއް

ދަތުރުތައް ކުރުމަށް ބޭނުން ކުރާ ކާގޯ ފެރީ އަކީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަނުން އޮޕަރޭޓް ކުރާ ފެރީއެއް

ތާވަލުކުރެވިފައި އޮތް ގޮތުން ކޮޗިން ފެރީ ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވަންނާނެ ކަމަށް މޯލްޑިވިސް ކަސްޓަމްސް ސާރވިސް އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، ރީޖިނަލް ޕޯޓުތަކުގެ މަސައްކަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގައި ކަސްޓަމްސްގެ ނޯރތް ރީޖަނަލް ހެޑް އޮފީހެއް ގާއިމްކޮށްފައިވާ ކަމަށާއި، ރަސްމީކޮށް އޮފީސް ހުޅުވުމުގެ މަސައްކަތް ކުޑަ ޑިލޭއެއް އައި ނަމަވެސް މިހާރު ވެސް އެ އޮފީހުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މާލެ ކަސްޓަމްސް ހެޑް އޮފީހެކޭ އެއް ފެންވަރަކަށް އިންތިޒާމުތައް ނޯރތް ރީޖަނަލް ހެޑް އޮފީހުގައިވެސް ހުންނާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ގާއިމް ކުރިއިރު ޓްރެއިނިންގ ދެވޭ ގޮތަށް ޓްރެއިނިންގ ފެސިލިޓީއެއްވެސް ގާއިމް ކޮށްފައިވާނެ ކަމަށެވެ. އެތަނުގައި އެންފޯސްމަންޓް އެހެނިހެން މުއައްސަސާތަކުގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ޓްރެއިނިންގ ދެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކޮޗިން އިން އަންނަ ފެރީއަށް އަލިއަޅުވައި ޝަރީފު ވިދާޅުވީ ފުރަތަމަ މިހާރު ތާވަލް ކުރެވިފައި އޮތް ގޮތުން ފެރީ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު (މާދަމާ)ކަމަށާއި އެކަމަށް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން، ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކަސްޓަމްސްގެ ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ހަރުދަނާކަމާއި އެކު ކުރަމުންދާ ކަމަށެވެ.

ވެފައިވާ ތައްޔާރީތަކަށް އަލިއަޅުވައި އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ޕޯޓަކީ މީގެކުރިން ވެސް ކަސްޓަމްސްގެ މަސައްކަތާއި އެމްޕީއެލްގެ މަސައްކަތް ހިނގަމުން ދާ ޕޯޓެއްކަމަށާއި ޑައިރެކްޓްކޮށް އަންނަ ކާގޯ ފެރީއަކަށް ވުމުން ކަސްޓަމްސްގެ ކޮންޓްރޯލް އޭރިއާގައި ހުންނަން ޖެހޭ މިންގަޑުތަކަށް ފެތޭތޯ ބަލައި މަސައްކަތް އެމްޕީއެލްއާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޗެކިން ކުރާނެ ތަންތަނާއި ކެމެރާ ސިސްޓަމް ބެހެއްޓި ސީސީޓީވީ ކެމެރާ މެދުވެރިކޮށް ބޯޓު މޮނިޓަރ ކުރެވޭނެކަ މަށް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އަލަށް ކަމެއް ފަށައިގެން އަންނަ އިރު އެންމެ ފުރިހަމަ ކޮށް އިންތިޒާކުރެވިފައި ނުހުރެދާނެ ކަމަށާއި ބޭނުމަކީ ސަރުކާރުން ބޮޑު މަސައްކަތެއް ފަށާއިރު ހުރިހާ މުއައްސަސާއަކުން ވެސް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދީ ފުރިހަމަ ގޮތުގައި ކާމިޔާބު ކުރުން ކަމަށެވެ. އަދި މިކަމުގައި ކަސްޓަމްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ހޯމަދުވަހުއެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އައި މި ކާގޯ ފެރީން ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށް ވެސް ބަނދަރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅު ތެރޭގައި ވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް މިވަނީ މަގު ފަހިވެގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު